Taapsee mihaaru single eh noon!
image
ތާޕްސީ--
0 ކޮމެންޓް
 

ތާފްސީ މިހާރު ސިންގަލްއެއް ނޫން!

ބޮލީވުޑުގެ ކާމިޔާބު ބަތަލާ ތާޕްސީ އުޅެނީ މީހަކާ ރައްޓެހިވެގެން ކަމަށް އޭނާ ބުނެފި އެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ތާޕްސީ މީހަކާ ރައްޓެހިވެގެން އުޅޭކަން ކަށަވަރުކޮށްދީފައި ވާއިރު އޭނާ ބުނީ އެއީ ކްރިކެޓް ކުޅޭ މީހެއް ނޫން ކަމަށާއި އަދި އޭނާއަކީ އިންޑިއާ ހިސާބުގެ މީހެއް ނޫން ކަމަށެވެ. ގިނަ ބަޔަކު މިހާރު ތިބީ ތާފްސީ ރައްޓެހިވެގެން އުޅެނީ ކާކު ކަން ހޯދުމަށް ކެތް މަދުވެފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ތެލޫގޫ ފިލްމަކުން ފިލްމީ ދާއިރާއަށް ތައާރަފުވި ތާޕްސީއަކީ ތަމަޅަ އަދި މަލަޔާލަމް ފިލްމުތަކުގައި ވެސް މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

ދެހާސް ތޭރަވަނަ އަހަރު ފިލްމު "ޗަޝްމޭ ބައްދޫރު" އިން ބޮލީވުޑަށް ތައާރަފުވި ތާޕްސީ ވަނީ "ޖުޅްވާ 2" އާއި "ޕިންކް" ގެ އިތުރުން "ބަދްލާ" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އޭނާ އެނެމް ފަހުން ފެނިގެން ދިޔައީ "މިޝަން މަންގަލް" އިންނެވެ.
ތާޕްސީ ޕަންނޫ
ހިޔާލު