West Bank ah verive gathumah Netanyahu vaudhuvejje
image
ހުޅަނގު އައްސޭރީގެ އުރުދުން ވެލީ-- ފޮޓޯ: ރޮއިޓާޒް
1 ކޮމެންޓް
 

ހުޅަނގު އައްސޭރިއަށް ވެރިވެ ގަތުމަށް ނަތަންޔާހޫ ވައުދުވެއްޖެ

އިޒްރޭލުގެ އާއްމު އިންތިހާބުން ކާމިޔާބު ލިބި، އިތުރު ދައުރަކަށް ބޮޑުވަޒީރު ކަމުގެ މަގާމު ލިބިއްޖެ ނަމަ ހުޅަނގު އައްސޭރީގެ ބަޔެއް އިޒްރޭލުގެ ބިމަކަށް ހައްދަވާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވައުދުވެވަޑައިގެންފި އެވެ.
ނަތަންޔާހޫ ވިދާޅުވީ އުރުދުން ވެލީ އަދި އުތުރު ޑެޑް ސީ އަކީ އިޒްރޭލުގެ އިސްތިގުލާލީ ބާރުގެ ދަށުގައިވާ ތަނަކަށް ހެދުމަށް މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެއީ ކަނާތު ފިޔައިގެން ޕާޓީތަކުގެ ތާއީދާއެކު ކޯލިޝަނެއް އުފެއްދުމަށް މަގު ފަހިވާނެ ސިޔާސަތެކެވެ.

ފަލަސްތީނުގެ ޑިޕްލޮމެޓް ސާއިބް އިރަކާތު ވިދާޅުވީ އެފަދަ ނިންމުމެއް ވެގެން ދާނީ ސުލްހައަށް އޮތް ހަނި ދޮރުވެސް ބަންދުވެގެން ދާނެ ފަދަ ނިންމުމަކަށް ކަމަށެވެ.

އިޒްރޭލުން ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް އަރާފައި ވަނީ 1967 ގައެވެ. ނަމަވެސް އެއީ ސީދާގެ އިޒްރޭލުގެ އިސްތިގުލާލުގެ ދަށުގައި އޮތް ތަނެއް ކަމަށް އިއުލާނުކޮށްފައެއް ނުވެ އެވެ.

ކަނާތު ފިޔައިގެ ލިކޫދު ޕާޓީގެ ލީޑަރުގެ ގޮތުގައި ނަތަންޔާހޫ ގެންދަވަނީ އަންނަ އަންގާރަ ދުވަހު އޮންނަ އާއްމު އިންތިހާބަށް ކެމްޕޭން ކުރައްވަމުންނެވެ.

ފަލަސްތީނުން ބުނާ ގޮތުގައި މިނިވަން ދައުލަތެއް ގާއިމް ކުރެވޭނީ ހުޅަނގު އައްސޭރިއާ ވެސް އެކުގަ އެވެ. އެކަމަކު އިޒްރޭލުން އަބަދުވެސް ބުނަމުން ދަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެގައުމުން އުރުދުން ވެލީ ކޮންޓްރޯލް ކުރަމުން ދާނެ ކަމަށެވެ.

އިޒްރޭލުން ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް، ގާޒާ އަދި ސީރިއާގެ ގޯލަން ހައިޓްސް އަށް ވެރިވެގަނެފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައެވެ.

އިރުމަތީ ގުދުސްއަކީ އިޒްރޭލުގެ އިސްތިގުލާލުގެ ދަށުގައިވާ ތަނަކަށް ހެދީ 1980 ގައެވެ. ހަމަ އެގޮތަށް 1981 ގައި ގޯލަން ހައިޓްސް ވެސް އަތުލި އެވެ.

އެކަމަކު ބައިނަލްއަގްވާމީ މުޖުތަމައުން އެ ނިންމުން ބަލައިގަނެފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ދާދި ފަހުން ވަނީ އެ ނިންމުން ބަލައިގަނެފަ އެވެ.
ހިޔާލު

އަޙްމަދް

އިޒްރާއީލެއް ނޫން ޔަހޫދީން!