COVERAGE: 3 thaneh balai faaskoh bayeh thakethi gengosfi
image
ބިގް މޭން ރެސްޓޯރެންޓް ބޭރުގައި ފުލުހުން-- ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

17 ތަނަކާއި 11 މީހަކު ފާސްކުރުމަށް ފަހު ފުލުހުންގެ އޮޕަރޭޝަން ނިންމާލައިފި

ލައިވް ކަވަރޭޖް
22:22
11/09/2019
ފުލުހުން ބުނީ 17 ތަނަކާއި 11 މީހަކު ފާސް ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން އެދިގެން އިއްޔެ އިން ފެށިގެން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް. އަދި މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ފުލުހުން ބުނީ އޮޕަރޭޝަން ނިންމާލީ މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އެދިގެން ނެރެފައިވާ ހުރިހާ ކޯޓް އަމުރެއް ތަންފީޒު ކުރުމަށް ފަހު ކަމަށް.

އިއްޔެ ރޭ އިރާކޮޅުން ފެށިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރުން އައްޑޫ ސިޓީގެ ގެއަކާއި ފިހާރައެއް އަދި މާލޭ ސަރަހައްދުގައި އޮތް ބޯޓެއްގައި ހުރި މީހަކު ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
18:38
11/09/2019
ބޮޑުރަސްގެފާނު މަގުގައި ހުންނަ ފައިން ޑައިން ކެފޭ އަށް ފުލުހުންވަދެ، އެތަން ބަލާ ފާސްކުރަމުން އެބަގެންދޭ.

މިއަދު ވަނީ މާލޭގައި ހުންނަ ބިގްމޭން ރެސްޓޯރަންޓަށް ވެސް ފުލުހުން ވަދެ، އެތަން ބަލާ ފާސްކޮށްފައި.
17:23
11/09/2019
ފުލުހުންބުނީ މިހާތަނަށް މިއަދު ހަތަރު ގެއަކާއި ކެފޭ އެއް ބަލާ ފާސްކޮށްފައިވާ ކަމަށް. އަދި ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި މާލޭ ސަރަހައްދުގައި އޮތް ބޯޓެއްގައި ހުރި މީހަކު ބަލާފާސްކުރި ކަމަށް ވެސް ފުލުހުން ބުނޭ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މީހުންނާއި ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށާއި، އެހެންކަމުން މި އޮޕަރޭޝަނުގެ ދަށުން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް.

މިއަދުގެ އޮޕަރޭޝަން އަދި ވެސް ކުރިއަށް ދާ ކަމަށް ވެސް ފުލުހުން ބުނޭ.
15:08
11/09/2019
އެ ތިން ތަން ބަލައި ފާސް ކުރުމުގެ އިތުރުން، ކަނޑުމަތީގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދޭ.
15:08
11/09/2019
އޭގެ ތެރެއިން ތިން ތަނެއް ވަނީ ބަލައި ފާސްކޮށްފައި، އެއީ މ. ލެގޫންވިއު، ހެ. ފެހިއާބާދުގެ އަދި ބިގްމޭން ރެސްޓޯރެންޓް.
15:07
11/09/2019
ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މިއަދު ޖުމްލަ ހަ ތަނެއް ބަލައި ފާސް ކުރުމަށް ވަނީ ހަމަޖެހިފައި.
15:07
11/09/2019
މިއަދު ކުރިއަށް ހުރި ވަގުތުތަކުގައި ވެސް ތަންތަން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް މީޑިއާ އޮފިޝަލް މައުލޫމާތުދޭ.
15:06
11/09/2019
ފުލުހުންގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން އަދި ނިންމާލާފައެއް ނުވޭ.
14:26
11/09/2019
އެ ކަންނެލި ދޯނީގެ ވެރިޔާއަކީ މުހައްމަދު ރާޝިދު، މާވަޑިއާގެ، އއ. އުކުޅަސް.
14:26
11/09/2019
ބައެއް ހެކިވެރިން ބުނި ގޮތުގައި އެ ޑިންގީގައި ރިލްވާން ގެންދިޔައީ ކަންނެލި ދޯންޏަކަށް.
14:21
11/09/2019
މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ރިލްވާން ރަހީނުކޮށްގެން ގެންގޮސް އަރުވާފައި ވަނީ ޑިންގީއަކަށް.
14:06
11/09/2019
ފުލުހުންގެ ކަނޑުމަތީގެ އޮޕަރޭޝަން ނިންމާލިކަން އަދިވެސް އަންގާފައެއް ނުވޭ.
14:06
11/09/2019
އެ ގެއިން ވެސް ފުލުހުން ގޮސްފައި ވަނީ ބައެއް ތަކެތި ހިފައިގެން ކަމަށްވޭ.
13:46
11/09/2019
މައުލޫމާތު ލިބޭ ގޮތުގައި ހ. ފެހިއާބާދޫގެ ބަލައި ފާސްކޮށް ނިމިއްޖެ.
13:42
11/09/2019
ފުލުހުން އަދިވެސް ދަނީ ހ. ފެހިއާބާދުގޭގައި ހަރަކާތްތެރިވަމުން.
13:38
11/09/2019
މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވީބީ ޝިޔާމަށް ތުހުމަތު ކުރެވެނީ ސީރިއާއަށް މީހުން ފޮނުވުމަށް ފައިސާ ފޯރުކޮށްދޭ ކަމަށް ނުވަތަ ހަރުކަށި ފިކުރުގެ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް.
13:36
11/09/2019
އެތަނުން ނިކުތް ފުލުހުން ކޮތަޅުތައް ހިފައިގެން ގޮސްފައި ވަނީ ހިނގާފައި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސެން އާދަމް ބިލްޑިންއާ ދިމާލަށް.
13:35
11/09/2019
ފުލުހުން ވަނީ މުށި ކުލައިގެ ތިން ކަރުދާސް ކޮތަޅުގައި އެތަނުން ނެގި ބައެއް ސާމާނުތައް ގެންގޮސްފައި.
13:33
11/09/2019
މިހާރު ފުލުހުން ވަނީ ބިގް މޭން ރެސްޓޯރެންޓުން ނިކުމެފައި.
13:32
11/09/2019
ވީބީ އައްޔަ ދިރިއުޅޭ ހ. ވާލީވިލާ ގެ ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި ވަނީ ބަލައި ފާސްކޮށްފައި.
13:30
11/09/2019
މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުގައި އޭނާއަކީ ފުރުގާން މިސްކިތުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޖަމާއަތަށް ނިސްބަތްވާ މީހެއް. އޭނާ ވަނީ 2011 ޑިސެމްބަރުގައި މިނިވަން ފިކުރުގެ މީހުން މާލޭގައި ބޭއްވި އެއްވުމަށް ހަމަލާ ދިނުމުގައި ބައިވެރިވެފައި.
13:29
11/09/2019
ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ބިގްމޭން ރެސްޓޯރެންޓުގެ ވެރިމީހާއަކީ މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަލީ ޝިޔާމް (ވީބީ އައްޔަ).
13:20

11/09/2019
ބިގްމޭން ރެސްޓޯރެންޓު ބޭރުގައި ފުލުހުން-- ފޮޓޯ: ސީއެންއެމް
13:17

11/09/2019
ބިގްމޭން ރެސްޓޯރެންޓު ބޭރުގައި ފުލުހުން-- ފޮޓޯ: ސީއެންއެމް
13:15

11/09/2019
ބިގްމޭން ރެސްޓޯރެންޓު ބޭރުގައި ފުލުހުން-- ފޮޓޯ: ސީއެންއެމް
13:11
11/09/2019
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހ. ފެހިއާބާދުގޭގެ ބަލައިފާސް ކުރަމުން ދަނީ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއް. އެތަނުގައި ހުންނަނީ އޮފީހެއް ކަމަށްވޭ.
13:09
11/09/2019
އެތަނުގެ ބޭރުގައި މޫނު ނިވާކޮށްގެން ފުލުހުން ތިބިއިރު، އެ ސަރަހައްދުގައި ފޮރެންސިކް ފުލުހުން ވެސް އެބަ އުޅޭ.
12:57
11/09/2019
މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން ބިގްމޭން ރެސްޓޯރެންޓަށް ގޮސް ވަނީ އެތަނުގައި ތިބި މީހުން ބޭރަށް ނެރިފައި.
12:55
11/09/2019
ބިގްމޭން ރެސްޓޯރެންޓަކީ ޗާންދަނީ މަގުގައި ހުންނަ ތަނެއް. އެއީ އެ މަގުގައި ސުވެނިއާ ފިހާރަތައް ހުންނަ ސަރަހައްދު.
12:53

11/09/2019
ބިގްމޭން ރެސްޓޯރެންޓް ކައިރީގައި މޫނު ނިވާކޮށްގެން ތިބި ފުލުހުން-- ފޮޓޯ: އެމްވީ ކްރައިސިސް
12:52
11/09/2019
ބައެއް ފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި ބާގާއަށް މަޝްހޫރު ބިގްމޭން ރެސްޓޯރެންޓު ވެސް ވަނީ ބަލައި ފާސްކޮށްފައި.
12:49

11/09/2019
ހ. ފެހިއާބާދުގެ (ހުދުކުލައިގެ އިމާރާތް)-- ފޮޓޯ: ސީއެންއެމް
12:49

11/09/2019
ހ. ފެހިއާބާދުގެ ސަރަހައްދު ބަންދުކޮށްފައި-- ފޮޓޯ: ސީއެންއެމް
12:47
11/09/2019
އެކަމަކު ބަލައި ފާސް ކުރަމުން ދަނީ އެ ގޭގެ ކޮން ފަންގިފިލާއެއް ކަމެއް އަދި ސާފެއް ނުވޭ.
12:45
11/09/2019
އެ ސަރަހައްދުގައި ހުރި ސީއެންއެމްގެ ނޫސްވެރިޔާ މައުލޫމާތުދޭ ގޮތުގައި ބަލަމުން ދަނީ 10 ފަންގިފިލާއަށް ހަދާފައި ހުރި ގެއެއް.
12:43

11/09/2019
ހ. ފެހިއާބާދުގެ ސަރަހައްދު ބަންދުކޮށްފައި-- ފޮޓޯ: އެމްވީ ކްރައިސިސް
12:41
11/09/2019
ފުލުހުން ބުނީ ކަނޑުމަތީގެ އޮޕަރޭޝަން ވެސް ކުރިއަށް ގެންދަނީ މަރު ކޮމިޝަނުގެ އެދުމަކަށް ކަމަށާއި، އޮޕަރޭޝަން ކުރިއަށް ދަނީ މާލެ ސަރަހައްދުގެ ކަނޑުގައި ކަމަށް.
12:22
11/09/2019
މައުލޫމާތު ލިބޭ ގޮތުގައި މިހާރު ފުލުހުން ބަލައި ފާސް ކުރަމުން ދަނީ ހ. ފެހިއާބާދުގެ.
12:22
11/09/2019
އޭގެ އިތުރުން މި މައްސަލައާ ގުޅިގެން ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއް ވެސް މިވަގުތު ކުރިއަށް އެބަދޭ.
12:21
11/09/2019
މަރު ކޮމިޝަނުގެ ބޭނުމަށް ތިން ގެއެއް ބަލައި ފާސް ކުރަމުންދާ ކަމަށް ފުލުހުން ދާދި ދެންމެއަކު ބުނެފައި ވާއިރު، އިތުބާރު ހުރި ގޮތަކަށް ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަ ގެއެއް ބަލައި ފާސް ކުރުމަށް ވަނީ ހަމަޖެހިފައި.
12:20
11/09/2019
މ. ލެގޫންވިއު އިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ، ނަމަވެސް މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފުލުހުން ވަނީ ކޮތަޅެއްގައި ބައެއް ތަކެތި ގެންގޮސްފައި.
12:19
11/09/2019
މައުލޫމާތު ލިބޭ ގޮތުގައި މ. ލެގޫންވިއު ބަލައި ފާސް ކުރުމަށް ފަހު ފުލުހުން މިހާރު ހިނގައްޖެ.
12:16

11/09/2019
ކަނޑުމަތީގައި ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަން-- ފޮޓޯ: ފުލުހުން
12:14
11/09/2019
އޭގެ އިތުރުން ކަނޑުމަތީގެ އޮޕަރޭޝަނެއް ވެސް ދަނީ ހިންގަމުން.
12:06
11/09/2019
ފުލުހުން ދާދި ދެންމެއަކު މައުލޫމާތު ދިން ގޮތުގައި މާލޭގައި ތިން ގެއެއް ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
12:03
11/09/2019
ރިލްވާން ރަހީނުކޮށްގެން ގެންދިޔަ ރަތް ކާރުގައި އާލިފް އިން ކަމަށްވޭ. ކާރުގެ ކުރީގައި އިނީ އާލިފް. އައިއެސްގެ ދިދަ ހިފައިގެން މާލޭގައި ބޭއްވި އެއްވުމުގައި ވެސް އޭނާ ބައިވެރިވެފައިވޭ.
11:57
11/09/2019
މަރު ކޮމިޝަނަށް މައުލޫމާތު ދެމުން ސިއްރު ހެކިވެރިޔަކު ބުނެފައި ވަނީ އާލިފް ރައުފާއި، އަޒްލީފް ރައުފް އަދި މުހައްމަދު މުނާޒު އަލް ގައިދާގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅުމަށް ފަހު ސީރިއާއަށް ތަމްރީނަށް ފޮނުވަން ހަމަޖެހުނު.
11:55

11/09/2019
ހ. ހިލްޓަން، އާލިފް ރައުފް
11:54
11/09/2019
ރިޕޯޓުގައިވާ ގޮތުން ރިލްވާނުގެ ފަހަތުން ފާރަލަމުން ގޮސްފައި ވަނީ އާލިފް ރައުފު ރޭވި ރޭވުމެއްގެ ދަށުން ކަމަށް ހެކިވެރިއަކު ބުނެފައި ވޭ.
11:53
11/09/2019
މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ހ. ހިލްޓަން އަކީ އާލިފް ރައުފްގެ ގެ.
11:50
11/09/2019
މައުލޫމާތު ލިބޭ ގޮތުގައި ހ. ހިލްޓަން ނަމަކަށް ކިޔާ ގެއެއް މިހާރު ދަނީ ބަލައި ފާސް ކުރަމުން.
11:49

11/09/2019
ފުލުހުން މިއަދު ބަލައި ފާސް ކުރަމުންދާ މ. ލެގޫންވިއު ގޭގައި ދިރިއުޅޭ، އިސްމާއިލް އަބްދުލް ރަހީމް (އިސޫ).
11:48
11/09/2019
އިތުބާރު ހުރި ގޮތަކަށް ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މިއަދުގެ އޮޕަރޭޝަނުގައި ހަ ގެއެއް ބަލައި ފާސްކުރާނެ.
11:47
11/09/2019
އެކަމަކު ހެންވޭރު ނަސަންދުރަ ޕެލެސް ހޮޓެލް ސަރަހައްދާއި، ސޯސަން މަގުގައި ހުރި ގެއެއް މިހާރު ބަލައި ފާސްކުރަމުންދާ ކަމުގެ މައުލޫމާތު ލިބޭ.
11:46
11/09/2019
މައުލޫމާތު ލިބޭ ގޮތުގައި މ. ލެގޫންވިއު ބަލައި ފާސްކޮށް މިހާރު ނިމިއްޖެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ބަލާ ފާސްކުރުމުގެ އަމުރުތަކެއް ތަންފީޒުކުރުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ރޭ ހިންގާފައި ވަނިކޮށް، މިއަދުވެސް ބައެއް ތަންތަން ބަލައި ފާސްކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ވަނީ އޮޕަރޭޝަން މިއަދުވެސް ކުރިއަށްދާކަން ކަށަވަރުކޮށްދެއްވާފަ އެވެ. އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މިއަދު ބަލަމުން ދަނީ ރަބީއީ މަގުގައި ހުންނަ މ. ލެގޫންވިއު ނަމަކަށް ކިޔާ ގެއެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އެއީ މަރު ކޮމިޝަނުގެ ރިޕޯޓުގައި ހިމެނޭ އިސްމާއިލް އަބްދުލް ރަހީމް (އިސޫ) ދިރިއުޅޭ ގެއެވެ.



މަރު ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން އިސްމާއިލް އަބްދުލް ރަހީމަކީ ހިއްލަތު ރަޝީދަށް ގާބުރިއަކުން ހަމަލާ ދިނުމުގެ ފަހަތުގައިވާ މީހާ އެވެ. އެ ހަމަލާ ދިނީ ދީނީ މިނިވަންކަމަށް ގޮވާލާ މާލޭގައި 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އެއްވުމެއްގަ އެވެ.

ރިޕޯޓުގައިވާ ގޮތުން 2012 ވަނަ އަހަރުގެ މޭ މަހު ހިއްލަތަށް ދިން މަރުގެ ހަމަލާގެ ފަހަތުގައި ވެސް ހުރީ އޭނާ އެވެ.

އޭގެ އިތުރުން އޭނާއަކީ ރިލްވާން ގެއްލުމުގެ މަސްތަކެއް ކުރިން ރިލްވާނަށް ފާރަލަމުން ދިޔަ މީހެކެވެ. ރިލްވާނުގެ ޓްވިޓާގައި ވެސް ވަނީ އެވާހަކަ ހާމަކޮށްފަ އެވެ.

މިނިވަން ފިކުރުގެ މީހުން ބޭއްވި އެއްވުމުގައި ބައިވެރިވި އައިމިނަތު ސުލްތޯނާ އަށް މަރުގެ ޒިންޒާރު ދީފައި ވަނީ ވެސް އިސްމާއިލް އަބްދުލް ރަހީމެވެ. ސުލްތޯނާ ވަނީ ފުރާނައަށް ނުރައްކާ އޮތުމުން ރާއްޖެ ދޫކޮށް ހިޖުރަކޮށްފަ އެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް ފަހު ފުލުހުންނަށް ފޮނުވި އީމެއިލެއްގައި ސުލްތޯނާ ބުނެފައި ވަނީ އިސްމާއިލް އަބްދުލް ރަހީމް ޔާމީނަށް ފާރަލަމުންދާ ކަމަށް އޭނާ ކައިރީގައި ޔާމީން ބުނެފައިވާ ކަމަށެވެ.

އިސްމާއިލް އަބްދުލް ރަހީމަކީ ވަގަށް ސީރިއާއަށް އެތެރެވާން އުޅެނިކޮށް ޖެނުއަރީ 2015 ގައި ތުރުކީ ބޯޑަރު ސަރަހައްދުން ހިފެހެއްޓުމަށް ފަހު ރާއްޖެއަށް ޑީޕޯޓުކޮށްލާފައި ހުރި މީހެކެވެ. ރާއްޖެ އެނބުރި އައުމާއެކު އޭނާ ހައްޔަރުކޮށް، ދައުވާ ކުރުމަށް ފޮނުވި އެވެ. ބޭރު ގައުމެއްގެ ހަނގުރާމައެއްގައި ބައިވެރިވާން އުޅުނު ކަމުގެ ދައުވާ އުފުލި ނަމަވެސް، ތުރުކީ ސަރުކާރުން ބޭނުންވާ ލިޔުމެއް ރާއްޖެ ސަރުކާރަށް ލިބިފައި ނެތުމުން މައްސަލަ ބާތިލުވީ އެވެ.

ރޭ ހިންގި އޮޕަރޭޝަނުގައި ފުލުހުން ވަނީ މާލެ އާއި އައްޑޫ ސިޓީ އިން ޖުމްލަ ނުވަ ތަނެއް ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް އެއްވެސް މީހައްކު ހައްޔަރު ނުކުރާ ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ނުގެންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރޭ ބަލާ ފާސްކޮށްފައި ވަނީ މާލޭގެ އަށް ގެއަކާއި އައްޑޫގައި ހުރި އެއް ގެއެވެ. އެ ހުރިހާ ތަނެއް ވެސް ބަލާފައި ވަނީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައެވެ. އެއީ ރިލްވާން މައްސަލާގައި މަރު ކޮމިޝަނަށް ފާހަގަވެފައިވާ ބައެއް ފަރާތްތަކާ ގުޅުން ހުރި ތަންތަނެވެ.

ރޭގެ އޮޕަރޭޝަން ހިންގާފައި ވަނީ މޫނު ނިވާކޮށްގެން ތިބި ފުލުހުންނެވެ.
ހިޔާލު