Iphone 11 adhi Apple ge aa gadi dhahkaalaifi
image
އައިފޯން 11-- ފޮޓޯ: އެޕަލް
މިއުނާ ހަސަން
0 ކޮމެންޓް
 

އައިފޯން 11 އަދި އެޕަލްގެ އާ ގަޑި ދައްކާލައިފި

މަޝްހޫރު އެޕަލް ކުންފުނިން އައިފޯން 11 އާއި އަލަށް ނެރުނު އެޕަލް ގަޑި ދައްކާލައިފި އެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އެޕަލް ކުންފުނިން އެ ކުންފުނީގެ އައިފޯން 11 އާއި އަލަށް ނެރުނު ސްމާޓް ވޮޗް ދައްކާލާފައި ވަނީ އެކަމަށް ހާއްސަ ކޮށްގެން އަންގާރަ ދުވަހުގެ ރޭ އެޕަލްގެ ބާނީ ސްޓީވް ޖޮބްސްގެ ނަމުން ނަންދީފައިވާ އެކުންފުނީގެ މައި ތިއޭޓަރުގައި ބޭއްވި ހަފްލާގަ އެވެ.

ސްމާޓް ފޯން މާކެޓުގެ ތިންވަނާގައި މިވަގުތު އޮތް އެޕަލް ކުންފުނިން އަލަށް ނެރުނު އައިފޯން 11 ގެ އެންމެ ބޮޑު އެއް ތަފާތަކީ، ފޯނުގައި ހިމަނާފައިވާ އަލްޓްރާ ވައިޑް ރެއާ ކެމެރާ އެވެ.

އެގޮތުން އައިފޯނު 11 ގެ ހަ ކުލައެއް ދައްކާލާފައި ވާއިރު، ފޯނު ވިއްކަން ފަށާ އަގަކީ 699 އެމެރިކާ ޑޮލަރަށެވެ.
އައިފޯނު 11 ގެ އިތުރުން، އަލަށް ނެރުނު އެޕަލް ވޮޗްގައި ވެސް ތަފާތު ފީޗާތަކެއް ހިމަނާފައި ވާއިރު، އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ސްކްރީން އޮފް ނުވާނެ ފީޗާއެއް އޭގައި ހިމަނާފައި ވުމެވެ.

މީގެ ކުރިން އެޕަލްއިން ނެރުނު އެޕަލް ވޮޗްތަކެކޭ ވެސް އެއް ފަދައިން 18 ގަޑިއިރު ބެޓެރީ ޗާޖް މި ގަޑީގައި ވެސް ހިފަހައްޓާނެ ކަމަށް އެޕަލް ކުންފުނިން ބުނާއިރު، މި ގަޑި ވިއްކުމަށް ހަމަޖެހިފައި ވަނީ 199 އެމެރިކާ ޑޮލަރަށެވެ.

އެޕަލްއިން މީގެ ކުރިން ނެރުނު ފޯނުތަކުގައި ހިމެނިފައި ނުވާ ބައެއް ފީޗާތަށް އަލަށް ނެރުނު ފޯނުގައި ހުންނާނެ ކަމަށް ބައެއް ފަރާތްތަކުން އަޑު ފެތުރި ކަމުގައި ވީނަމަވެސް، އަލްޓްރާ ވައިޑް ކެމެރާގެ އިތުރުން މާބޮޑު ތަފާތެއް އައިފޯން 11 ގައި ހިމެނާފައެއް ނުވެއެވެ.

އެޕަލްއަކީ އަމިއްލަ އޮޕަރޭޓިންގް ސިސްޓަމް، "އައިއޯއެސް" ބޭނުން ކުރާ ހަމަ އެކަނި ކުންފުންޏެވެ.

ސްމާޓް ފޯނުގެ ބާޒާރުގައި ލިސްޓުގެ އެއްވަނާގައި މިވަގުތު ސެމްސަންގް އޮތީ 290.6 މިލިއަން ޑޮލަރާއެކު އެކެވެ.

އެހެން ނަމަވެސް އަހަރުގެ މިހާ ހިސާބަށް އައިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު އެއީ 5.5 އިންސައްތައިގެ ވެއްޓުމެކެވެ.

ގޫގުލްގެ އެންޑްރޮއިޑް ބޭނުން ކުރާ ސެމްސަންގް އެއްވަނާގައި އޮތްއިރު، ދެވަނާގައި ހުއާވޭ 230.3 މިލިއަން ޑޮލަރާއެކު އޮތް އިރު، އެޕަލް ތިން ވަނާގައި އޮތީ 185.9 މިލިއަން ޑޮލަރު އަހަރުގެ މިހާ ހިސާބަށް އައިއިރު ހޯދައިގެންނެވެ.
އެޕަލް
ހިޔާލު