Raees Solih Raa atolhah vadaigenfi
image
ރައީސް ސޯލިހު މީދޫއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ--
0 ކޮމެންޓް
 

ރައީސް ރ. އަތޮޅަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރ. އަތޮޅުގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މީދޫއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި މީދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

މީދޫއަށް ފަހު ރައީސްގެ އެ ދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ރ. އަލިފުށްޓަށެވެ. އަލިފުށްޓަށް ކުރައްވާ މި ޒިޔާރަތުގައި އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި ރ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

އަލިފުށްޓަށް ރައީސުލްޖުމްރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ހިޔާލު