Maru commission ge edhumakah kandu matheege haassa operation eh
image
ކަނޑުމަތީގައި ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަން-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަރު ކޮމިޝަނުގެ އެދުމަކަށް ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއް

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ އެދުމަކަށް ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނާ ބެހޭ އެއްވސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ކަނޑުމަތީގެ އޮޕަރޭޝަނެއް ހިންގަމުން ދާއިރު، މާލޭގެ ބައެއް ތަންތަން ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ މިއަދު ވެސް ކުރަމުންނެވެ.

އެގޮތުން މ. ލެގޫންވިޔު އާއި ބިގްމޭން ރެސްޓޯރެންޓު ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، ފުލުހުން އަދިވެސް ދަނީ ހ. ފެހިއާބާދުގެ ބަލައި ފާސް ކުރަމުންނެވެ.

ރޭ ވެސް ފުލުހުން ވަނީ މާލޭގެ އަށް ތަނަކާއި އައްޑޫގެ އެއް ގެއެއް ބަލައި ފާސްކޮށްފަ އެވެ. މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއީ ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. އެގޮތުން ބަލަމުންދާ ތަންތަނަކީ މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މީހުންނާ ގުޅުން ހުރި ތަންތަނެވެ.
ހިޔާލު