Dheenah furassaara kuri meehaage bandhah 15 dhuvas
image
ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ދީނަށް ފުރައްސާރަ ކުރި މީހާގެ ބަންދަށް 15 ދުވަސް

ޓްވިޓާގައި އިސްލާމް ދީނަށް ފުރައްސާރަ ކޮށްގެން އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ގދ. ތިނަދޫ އަށް ނިސްބަތްވާ އެ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރިއިރު ފުލުހުން ބުނީ މިއަދު ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް ޖަހައި ދީފައި ކަމަށެވެ.

އޭގެ އިތުރުން ފުލުހުން ބުނީ، އޭނާ އިސްލާމު ދީނަށް ފުރައްސާރަ ކުރި މައްސަލައަކާއި ފުރައްސާރަ ކުރި މީހާއަށް ބަޔަކު އިންޒާރު ދިން މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށެވެ.

އޭނާ ޓްވިޓާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، މާތް ﷲ އާއި ރަސޫލާ صلى الله عليه وسلم އަށް ބަދު ބަސްތައް ބުނެފައި ވެއެވެ. އަދި އޭނާ ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަ ކުރާ މައްސަލަތައް އިތުރެ އެވެ. އަދި އެފަދަ މީހުންނާ އިންޒާރުދޭ މައްސަލަތައް ވެސް ވަނީ އިތުރުވެފަ އެވެ.
ހިޔާލު