Bai lakha ah vure gina banguraa fulhi nahthaalaifi
image
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ބަނގުރާ ނައްތާލުމުގެ ތެރެއިން-- ފޮޓޯ: ކަސްޓަމްސް
0 ކޮމެންޓް
 

ބައި ލައްކައަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގެ ބެލުމުގެ ދަށުގައި ހުރި ބައި ލައްކައަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި އެވެ.
ކަސްޓަމްސްއިން ބުނީ އެތަކެތި ނައްތާލާފައި ވަނީ މިދިޔަ ހޯމަ ދުވަހު، މާލެ އަތޮޅު ތިލަފުށީގައި ކަމަށެވެ.

ކަސްޓަމްސްއިން ނައްތާލި ތަކެތި:

51621 ބަނގުރާ ފުޅި - 19،785.15 ލީޓަރު
782 ބަނގުރާ ޕެކެޓް - 2460 ލީޓަރު
ތިން ބަނގުރާ ދަޅު - 0.99 ލީޓަރު

ކަސްޓަމްސް އިން ބުނީ އެތަކެއްޗަކީ އެތަނުގެ އާއްމު ގަވައިދުގެ 264 ވަނަ މާއްދާ އާއި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލު ކުރާނެ އުސޫލުގެ ދަށުގައި ހިމެނޭ ތަކެތި ކަމަށެވެ.

ކަސްޓަމްސްގެ އާއްމު ގަވައިދުގައިވާ ގޮތުން އެކި ސަބަބުތަކާ ހުރެ އެތަނުން ހިފަހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެ އެވެ.
ބަނގުރާ ކަސްޓަމްސް
ހިޔާލު