Olhigen anhen faahana akah vadhevun: Ayushmann
image
އަޔުޝްމަން--
0 ކޮމެންޓް
 

އޮޅިގެން އަންހެން ފާހަނައަށް ވަދެވުނު: އަޔުޝްމަން

އޮޅިގެން އަންހެން ފާހަނައަކަށް ވަދެވުނު ކަމަށް އަޔުޝްމަން ބުނެފި އެވެ.
އަޔުޝްމަންގެ ކުރިއަށް އޮތް ފިލްމު "ޑްރީމް ގާލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން އަޔުޝްމަން ބުނީ އޭނާއަށް އޮޅިގެން ޗަންދިގަރްގައި ހުންނަ މޯލްއެއްގެ އަންހެން ފާހަނަ އަކަށް ވަދެވުން ކަމަށެވެ.

އެގޮތުން އޭނާ ފާހަނައަށް ވަތް އިރު ފެނުނީ ހުރިހާ އެއްޗެއް ވެސް ފިޔާތޮށި ކުލައިން ކަމަށާއި އަންހެން ކުދިން ފޯނުގައި ވާހަކަ ދައްކާ އަޑުއިވުނު ކަމަށެވެ. އަދި އޭނާއަށް އަންހެން ފާހަނާ އަށް ވަދެވިފައި ހުރި ކަން އެނގުމާއެކު އަވަހަށް އެތަނުން ނިކުމެ ފިރިހެން ފާހަނައަށް ގޮސްފައިވާ ކަމަށެވެ.

"ޑްރީމް ގާލް" ގައި އަޔުޝްމަން އާއެކު ލީޑު ރޯލުން ފެނިގެން ދަނީ ނުޝްރަތް ބަރޫޗާ އެވެ. އެ ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. އޭކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ކޮމެޑީ ފިލްމެކެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ އަޔުޝްމަން މިދިޔަ އަހަރު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައި ވާއިރު އެ ދެ ފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ. އެދެ ފިލްމަކީ "އަންދާދުން" އާއި "ބަދާއި ހޯ" އެވެ.
ހިޔާލު