HDC in beach mubaaratheh baavvany
image
ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން-- ފޮޓޯ: އަވަސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެޗްޑީސީ އިން ބީޗް ވޮލީ މުބާރާތެއް ބާއްވަނީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީޗް ވޮލީ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
އެޗްޑީސީ އިން އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ވަނީ ހުޅުމާލޭގައި ބީޗް ވޮލީ ޗެމްޕިއަންޝިޕެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ފަސް ދުވަހަށް ބާއްވާ އެ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު އެވެ.



އެޗްޑީސީ އިން މައުލޫމާތު ދިން ގޮތުގައި އެ މުބާރާތަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.

އެ ކުންފުނިން ވަނީ ކުރީ އަހަރުތަކުގައި ވެސް އެފަދަ ކުޅިވަރު ހަރަކާތްތަކެއް ބާއްވާފަ އެވެ. ނަމަވެސް މިއީ ބީޗް ވޮލީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކުޅިވަރު އެޗްޑީސީ
ހިޔާލު