Vagu Passport gai etherevaan ulhenikoh mihaathanah 11 meehaku hifahattaifi
image
ވަގު ޕާސްޕޯޓުގައި އެތެރެވާން އުޅެނިކޮށް ހިފެހެއްޓި 11 މީހުން.
0 ކޮމެންޓް
 

ވަގު ޕާސްޕޯޓުގައި އެތެރެވާން އުޅެނިކޮށް މިހާތަނަށް 11 މީހަކު ހިފަހައްޓައިފި

ވަގު ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވާން އުޅުނު 11 މީހަކު މި އަހަރުގެ މިހާތަނަށް ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން މީގެ ކުރިން ޓްވީޓެއްގައި ވަނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ދެ މީހަކު ހިފަހައްޓާފައިވާ ކަމަށް ބުނެފަ އެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން އުޅުނު މީހުންގެ އަނގަމައްޗާއި ލޯމަތި ނުފެންނާނެހެން ޕާސްޕޯޓުގައިވާ ފޮޓޯ އާއި އަސްލު މީހާގެ ފޮޓޯއެއް އިމިގްރޭޝަނުން މިރޭ އާންމުކޮށްފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންގެ އިތުރުން ހަ ފިރިހެނުންނެވެ.

ބިދޭސީން ރާއްޖެ އެތެރެކުރާ އެޖެންސީތަކުން އެމީހުން ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް އޮޅުވާލައިގެން ވެސް ރާއްޖެ އެތެރެކުރާ ކަމަށް އަޑުތައް އަރައެވެ. އެގޮތަށް އަންނަ ބައެއް މީހުން ފަޅާއެރުމުން ރާއްޖެއިން ޑީޕޯޓް ވެސް ކޮށްފައިވެއެވެ.

އިމިގްރޭޝަނުން މިއަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ ބޯޑަރު ނިޒާމު ވަރުގަދަ ކުރުމަށް އިތުރަށް މަސައްކަތް ވެސް ފަށަފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުން (2014 ވަނަ އަހަރު) ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއަކީ 97،700 އެވެ. އެއީ އާބާދީގެ 22 ޕަސެންޓެވެ. ގަވައިދާ ހިލާފަށް އެތައް ބިދޭސީންނެއް ރާއްޖެ އެތެރެވަމުން އަންނާތީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސީދާ އަދަދެއް ނޭނގެއެވެ.
ހިޔާލު