Zara flooring elhumuge masahkathah bodu luyeh!
image
ޒާރާ ފްލޯރިން އެޅުމުގެ މަސައްކަތަށް މުނިހޯމްކެއާ އިން ވަނީ ބޮޑު ލުޔެއް ގެނެސްދީފައި.
0 ކޮމެންޓް
 

ޒާރާ ފްލޯރިން އެޅުމުގެ މަސައްކަތަށް ބޮޑު ލުޔެއް!

ލަކުޑި ފްލޯރިން ޖަހާނަމަ އެއީ ލައްކަ މަސައްކަތެވެ؛ ބޮޑީ އަގު އެކަންޏެއް ނޫނެވެ. އެކަން ކުރާނެ ރަނގަޅު ބަޔަކު ވެސް ހޯދަންޖެހެ އެވެ. އަނެއްކޮޅުން އެމަސައްކަތް ކުރާއިރު ފްލޯގައި އިތުރު ލޭޔަރުތައް އަޅާ، އެތައް ވަގުތެއްވެސް އެކަމަށްދެއެވެ. މަސައްކަތް ނިމޭއިރު ލަކުޑި ކުނޑިތަކުން މުޅިތަނަށް އޮންނާނީ ހިރަފުސް ކުނޑި އަރާފައެވެ. މިހުރިހާ ކަމަކަށް މުނި ހޯމްކެއަރ އިން މިވަނީ ހައްލެއް ހޯދާދީފައެވެ.
"ޒާރާ" ބުރޭންޑްގެ އެސް ޕީ ސީ ހެލްތު ފްލޯރިން ޖަހާކަށް، ތިން ހަތަރު މީހުން ބޭނުމެއްނުވާނެއެވެ. އަމިއްލައަށްވެސް ރާވާލެވޭއިރު މާބޮޑު ތަޖުރިބާއަކާ ނުލައި ފަސޭހަކަމާއި އެކު ކޮންމެ މީހަކަށްވެސް މި ފްލޯރިން ޖަހާލެވޭނެއެވެ.

ފަސޭހައިން އަތުރާލެވޭގޮތަށް ހުންނަ މި ޝީޓްތަކުގެ އެންމެ ހާއްސަކަމަކީ ސިއްހީގޮތުން ބެލިޔަސް ރައްކާތެރި އަދި ތިމާވެއްޓާ ވެސް ރައްޓެހި ފްލޯރިން އަކަށްވުމެވެ. "ޒާރާ" ފްލޯރިން ގައި ބެކްޓޭރިޔާ އަށަނުގަންނާނޭ ގޮތަށް އެންޓި-ބެކްޓޭރިއަލް ފަށަލައެއް ހިމެނޭ އިރު ލަކުޑީ ގެ އިހްސާސް ވަރަށް ފުރިހަމަ އަށް ކޮށްލެވޭނެއެވެ.

ލަކުޑި ފްލޯރިން ހެދުމަށް އެތައް މިލިއަން ގަސްތަކެއް ކަނޑަންޖެހޭ، އެހެނަސް އެސް ޕީ ސީ ފްލޯރިން އަކީ ލަކުޑީގެ ފިނިޝިންގ ގެނެސްދޭ، ވިނީލް ބޭނުންކޮށްގެން ހަދާފައިވާ ތިމާވެއްޓާއި ރައްޓެހި ފްލޯރިން އެކެވެ.

އާއްމުކޮށް ހުންނަ ލަކުޑި ފްލޯރިން ގެ ތެރެއަށް ފެން އެޅިއްޖެނަމަ، ފްލޯރިން ގަނޑު ފޮޅުމާއި ބޯވުން ފަދަ ކަންކަން ދިމާވެއެވެ. އެކަމަކު "ޒާރާ" ފްލޯރިން އަކީ ފެނުގެ އަސަރު ނުކުރާނެހެން ތައްޔާރުކުރެވިފައިވާ އިތުބާރުހުރި ފްލޯރިން އެކެވެ. ލަކުޑި ފްލޯރިން ގަ ހިރަފުސް ހިފާލެއް ފަސޭހަވިޔަސް އެސް ޕީ ސީ ފްލޯރިން އަކީ ޑަސްޓް ނުހިފާ ސާފުކޮށްލަން އެހާމެ ފަސޭހަ ފްލޯރިން އެކެވެ.

ފިހާރަތަކާއި ގޭގެއާއި އޮފީސް ފަދަ ތަންތަކުގައި ޖަހާލަން އެންމެ ކަމުދާނެ "ޒާރާ" ބްރޭންޑްގެ ފްލޯރިން، މުނި ހޯމްކެއަރ އިން ލިބެންހުރި އިރު، މުނި އެންޓަރޕްރައިސަސް ގެ ސޭލްސް އެންޑް މާރކެޓިންގ މެނޭޖަރ ޢަލީ ޝާތިރު ވިދާޅުވީ، ރާއްޖޭގައި ވިއްކާ އެހެން ފްލޯރިން ތަކަށްވުރެ "ޒާރާ" ބްރޭންޑްގެ ފްލޯރިން އަގު 20 ޕަސެންޓް އަގުހެޔޮވާނެކަމަށެވެ.

"ލަކުޑި ފްލޯރިން ތަކުގައި ހިނގާއިރު ވަރަށް އަޑުގަދަވާނެ، މީގެ ދަށުގަ އިންނަ ހާއްސަ ޕެޑެއްގެ ސަބަބުން ސައުންޑް ޕްރޫފްކޮށްދޭތީ އެ އަޑުފަށްގަނޑު އެއްގޮތަކަށްވެސް ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.

ކައްސާނުލުމާއި ކޫރު ނޭޅޭ ގޮތަށް އުފައްދާފައިވަ މި ފްލޯރިން ރާއްޖެއަށް ތަޢާރަފްކުރުމުގެ ބޭނުމަކީ ވީހާވެސް ލުއިގޮތަކަށް ފްލޯރިން ޖެހުމުގެ މަސައްކަތް ކުރެވޭނެ ގޮތް ހެދުން ކަމަށް ޢަލީ ވިދާޅުވިއެވެ.

"ލަކުޑި ފްލޯރިން ގަ ވަރަށް ފަސޭހައިން މޮއިސްޗާ އުފެދޭ، ބެކްޓެރިޔާ އަށަގަންނަންޏާ ފަސޭހައިން ބަލިތައް ޖެހޭ، އަނެއްކާ ހޫނުގެ ސަބަބުން އާވި އުފެދި އެ އާވި ބޭރުނުވެ ފްލޯރިން ވަރަށް އަވަހަށް ހަލާކުކޮށްލާ، "ޒާރާ" ފްލޯރިން ގައި އެދަ ގޮތެއް ނުވާނެ، އެހެންވެ މި ބްރޭންޑް ދުނިޔޭގެ މާރކެޓިންގ އަށް ނެރުނީމަ އަޅުގަނޑުމެން ވެސް ބޭނުންވީ މި ފްލޯރިން ރާއްޖެގެންނަން،" އޭނާ ވިދާޅުވިއެވެ.

މުނި ހޯމްކެއަރ އިން "ޒާރާ" ބްރޭންޑްގެ ފްލޯރިން މާރކެޓަށް ނެރެފައިވާއިރު އެފިހާރަ ބޮޑުކުރުމަށްފަހު އަންނަނީ ތަފާތު އާ ބްރޭންޑްތަކުގެ އުފެއްދުންތައް ތަޢާރަފްކުރަމުންނެވެ. އެ ގޮތުން ޔޫރަޕްގެ ހައި ކޮލިޓީ ބްރޭންޑްތަކުގެ އުފެއްދުންތައް އެފިހާރައިން އަންނަނީ ގެންނަމުންނެވެ.
ހިޔާލު