'Salaamathee baaruthah othee siyaasee vefai, hayyaru nukoh ves thahugeegu kureven jeheyne: Raees Yameen
image
ޕީޕީއެމުން ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ސަން/މުހައްމަދު މުޒައްޔިން ނާޒިމް
1 ކޮމެންޓް
 

ސަލާމަތީ ބާރުތައް އޮތީ ސިޔާސީ ވެފައި، ހައްޔަރު ނުކޮށް ވެސް ތަހުގީގު ކުރެވެން ޖެހޭނެ: ރައީސް ޔާމީން

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ފުލުހުންނާއި ސިފައިން ސިޔާސީ ކޮށްފައިވާ ކަމަށާއި، މީހުން ހައްޔަރު ނުކޮށް ވެސް ކުށުގެ އެންމެ އަޑިއާ ހަމައަށް ދެވެން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނުގެ ޕީޕީއެމް އާއި ޕީއެންސީން ގުޅިގެން ރޭ ބޭއްވި "ދަވާލައިފި" ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ތަފާތު މައްސަލަތަކުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ވަޒީފާ އިން ވަކިކޮށްފައި ތިބި އެތައް ބަޔަކަށް މި ސަރުކާރުން ވަޒީފާ އަނބުރާ ދީފައިވާ ކަމަށާއި، އެއީ ސަލާމަތީ ބާރުތައް ސިޔާސީ ކުރުވުން ކަމަށެވެ.

އެގޮތުން ސަލާމަތީ ބާރުތައް ސިޔާސީ ވެފައި ވަނިކޮށް، އެ މުވައްސަސާތަކަށް އިތުރު ބާރުތައް ލިބޭ ގޮތަށް ގާނޫނަށް ބަދަލުގެނެސްފިނަމަ އެކަމުން ރައްޔިތުންނަށް ލިބޭނީ އިތުރު ގެއްލުންތައް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރާއްޖެ އަމާން ކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ، ސަރުކާރުން ބޭނުންވާ ވަކި ބަޔަކު ހިތުހުރި ގޮތަކަށް ހިފައި ހައްޔަރު ކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ އިރު، އެ މަނިކުފާނުގެ ވެރިކަމުގައި އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރު ކުރި އެވެ. އަދި އެތައް ދުވަހަކު ދައުވާއެއް ނުކޮށް ޖަލުގައި ބައެއް ލީޑަރުން ތިއްބެވި އިރު، ތަފާތު މައްސަލަތަކުގައި އެކި ލީޑަރުންގެ މައްޗަށް ދައުވާ އުފުލާފައި ވެއެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސަލާމަތީ ބާރުތަކަށް ލިބިދީފައިވާ ބާރުތައް އެތައް ގުނައަކަށް ފުޅާ ކުރާއިރު އެއީ ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ގިނަވެގެން ކުރާ ކަމެއްތޯ ނުވަތަ އެހެން ބޭނުމެއްގައި ސަރުކާރުން ކުރާ ކަމެއްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

އެގޮތުން އެފަދަ ބޮޑެތި ބާރުތަކެއް ލިބޭގޮތަށް އެ ގާނޫނު އިސްލާހު ކުރަނީ ދީނީ އިލްމުވެރިން ހިފައި ހައްޔަރު ކުރަންތޯ ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި އެ އިސްލާހުގެ ދަށުން ކުށެއް ނެތް މީހުން ވެސް ހައްޔަރުކުރެވޭނެ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ވެސް ތުހުމަތު ކުރެވުމާއި އެކު އެ މީހަކު ހައްޔަރު ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ގޮތަށް ގާނޫނު ފާސްކޮށްފި ނަމަ އެއީ ގާނޫނު ހަދަން ތިބި މީހުން އިހުމާލުވުން ކަމަށް ވެސް ވިދާޅުވެފަ އެވެ.
ހިޔާލު

ޚުބުޅިބެ

ލޮލް ދެތިކި ޕީ