Ge ehgai zuvaanaku maruvefai ovvaa fenijje
image
މާލެ.-- ފޮޓޯ: ޝާހީ އިލިޔާސް
0 ކޮމެންޓް
 

ގެއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ފެނުނީ މާފަންނުގައި ހުރި ގެއަކުން ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ލިބުނީ މިއަދު 9:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެކަމަކު އެ މައްސަލަ އާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެ އެވެ.
މާލެ މަރު ޕޮލިސް
ހިޔާލު