Dream Girl ves leak vejje
image
ފިލްމު ޕޯސްޓަރެއް--
0 ކޮމެންޓް
 

"ޑްރީމް ގާލް" ވެސް ލީކުވެއްޖެ

އޭކްތާ ކަޕޫރު ޕްރޮޑިއުސް ކުރި ފިލްމު "ޑްރީމް ގާލް" ލީކުވެއްޖެ އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެފިލްމު ނެރެފައިވަނީ އިއްޔެއެވެ. ފުރަތަމަ ދުވަހުވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް ފިލްމު ނެރުނުތާ 24 ގަޑިއިރު ނުވަނީސް ފިލްމު ވަނީ ލީކު ކޮށްލާފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ފިލްމު ލީކުކޮށްލާފައި ވަނީ އޮންލައިންކޮށެވެ. ބޮލީވުޑުގެ ގިނަ ފިލްމުތައް ވަނީ އޮންލައިން ވެބްސައިޓުތަކުން ލީކު ކޮށްލާފައެވެ. އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ފިލްމުތަކަށް އަންނަނީ ލިބެމުންނެވެ.


ފިލްމުގެ ޓްރެއިލާ---

"ޑްރީމް ގާލް" ގައި ލީޑު ރޯލުން ފެނިގެންދަނީ އަޔުޝްމަން ކުރާނާ އާއި ނުޝްރަތް ބަރޫޗާ އެވެ. އެފިލްމަކީ ކޮމެޑީ ފިލްމެކެވެ.
އަޔުޝްމަން ކުރާނާ
ހިޔާލު