Parth ge Hiyy adhives Raajjey gai
image
ޕާތު ސަމްތާނު--
0 ކޮމެންޓް
 

ޕާތުގެ ހިތް އަދިވެސް ރާއްޖޭގައި

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ: ޒިންދަގީ ކޭ" ގައި އަނޫރާގުގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާން އާއި ޕްރޭނާގެ ރޯލުން ފެނިގެންދާ އެރިކާ ފެނާންޑެޒް ޗުއްޓީއަށް ރާއްޖެ އައީ މިދިޔަ އޯގަސްޓު މަހުގެ ފަހުކޮޅެވެ.
ކުލަބް މެޑް ކަނިފިނޮޅު ރިސޯޓްގައި ދެތިން ދުވަސް ހޭދަކުރުމަށް ފަހު އެމީހުން ފުރިއިރު އިންސްޓަގްރާމު މެދުވެރިކޮށް ރާއްޖޭގައި ނަގާފައިވާ ރީތި ފޮޓޯތަކެއް ހިއްސާކުރި އެވެ.

އެނބުރި ގައުމަށް ދިޔަތާ މިހާރު ދެތިން ހަފުތާ ވެއްޖެ އެވެ. އެކަމަކު އުމުރުން 28 އަހަރުގެ ޕާތުގެ ހިތް އަދިވެސް އޮތީ ރާއްޖޭގަ އެވެ. އިންސްޓަގްރާމަށް ރާއްޖޭގެ ގޮނޑުދޮށުގައި ސޯޓެއް ލައިގެން އޮވެ ނަގާފައިވާ ފޮޓޯއެއް ޕާތު ވަނީ ހިއްސާކޮށްފަ އެވެ.

ޕާތު އާއި އެރިކާ، ރައްޓެހިވެގެން އުޅޭ ކަމަށް ވެސް މީގެ ކުރިން އަޑު ފެތުރުނެވެ.

ޕާތަކީ ގިނަ ޓީވީ ޝޯތަކަކުން ފެނިފައިވާ މަޝްހޫރު ތަރިއެކެވެ. އެގޮތުން ޕާތު ވަނީ "ގުމްރާ: އެންޑް އޮފް އިނޮސެންސް" އާއި "ޕިޔާރު ތޫނޭ ކިޔާ ކިޔާ" އަދި "ކޭސީ ޔޭ ޔާރިޔާން" ފަދަ ޝޯތަކުގައި މަސައްކަތްކޮށްފަ އެވެ.
ހިޔާލު