Umurun emme 14 aharugai cancer baleege shikaara akah!
image
ރާސިހު މުހައްމަދު--
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

އުމުރުން އެންމެ 14 އަހަރުގައި ކެންސަރު ބަލީގެ ޝިކާރައަކަށް!

ހަގު އުމުރުގައި ކެންސަރު ބަލީގެ ޝިކާރައަކަށްވާ ކުދިންގެ އަދަދު ރާއްޖޭގައި ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިއީ އުމުރުން އެންމެ 14 އަހަރުގައި މި ބަލީގެ ޝިކާރައަކަށް ވެފައިވާ ހއ. ބާރަށަށް އުފަން ރާސިހު މުހައްމަދުގެ ވާހަކަ އެވެ.
މިދިޔަ މަހުގެ މެދެއްހާ ތެރޭގައި ކުއްލިއަކަށް ރާސިހުގެ އަތުގައި ވަރަށް ބޮޑަށް ރިއްސަން ފެށި އެވެ. ނިދާ ހޭލި ތަނާ އެރި ތަދަކަށް ވުމުން ޑޮކްޓަރު ވެސް، ނިދަން އޮތް ގޮތަކުން އެރި ތަދަކަށް ވެދާނެ ކަމަށް ލަފާ ކޮށް ރިހުން ކުޑަ ކުރުމަށް ރާސިހު އަށް ބޭސް ދިނެވެ.

ބޭސް ކައިގެން ވެސް އަތުގެ ރިހުމަކަށް ބަދަލެއް ނާދެ އެވެ. އެއަށްފަހު ރާސިހުގެ ތުންފަތް އައްސިވާން ފެށުމުން ޑޮކްޓަރު ލޭގެ ޓެސްޓެއް ހަދަން ދިނެވެ.

"އެރޭ ރާސިހު އަތަށް ތަދެއް އެރީ. ތަދެއް އެރީމަ ޑޮކްޓަރަށް ދެއްކީ. ނިދާ ހޭލި ތަނާ އެރި ތަދެއް ވީމަ ފަހަރެއްގަ ނިދަން އޮތް ގޮތަކުން އެރި ތަދެއް ކަމަށް ބަލާފަ ޑޮކްޓަރު ޕެއިން ކިލާ އެއް ދިނީ. ޕެއިން ކިލާ އެއް ދީފަ ރާސހު ފޮނުވާލީ ގެޔަށް. ބޭސް ކައިގެން ރާސިހުގެ ތުންފަތް އައްސިވީ. ދެން އަނެއްކާ ޑޮކްޓަރަށް ދެއްކީމަ ބުނީ ބޭނުމޭ ލޭގެ ޓެސްޓެއް ހަދަން. ލޭގެ ޓެސްޓު ހަދާފަ ޑޮކްޓަރު ބުނީ ޑޮކްޓަރަށް ޔަގީނޭ 85 އިންސައްތަ އެއީ ކެންސަރު ކަމަށް،" ރާސިހުގެ ބޭބެ އިބްރާހިމް ވާފިރު ސީއެންއެމް އަށް ކިޔައިދިނެވެ.

އަވަހަށް މާލެ ދާން ޑޮކްޓަރު ލަފާ ދިނުމުން އާއިިލާ މީހުން ރާސިހު މާލެ ފޮނުވަން އަވަސް ވެގަތެވެ. ނަމަވެސް ފްލައިޓުން ޖާގަ އެއް ނުލިބުނު ކަމަށް އެ އާއިލާ އިން ބުންޏެވެ.

"ފްލައިޓުން މާލެ ދާން ބެލިއިރު ޖާގަ އެއް ނުލިބުނު. ބާރަށު މަރުކަޒުން މަސައްކަތް ކޮށްގެން ވެސް ޖާގަ އެއް ލިބޭ ގޮތެއް ނުވި. ބާރަށު މަރުކަޒުން ރާސިހު ފޮނުވީ އަތޮޅު ހޮސްޕިޓަލަށް. އެ ހޮސްޕިޓަލުން ބަލާ ބަލާ ވެސް ޖާގަ އެއް ނުލިބުނު. އެ ރަށުގައި އެއް ރެއާއި އެއް ދުވާ ވީތަނާ ފްލައިޓުން ޖާގައެއް ލިބުނީ،" ވާފިރު ބުންޏެވެ.


ރާސިހު--

މާލެ އަށް އައިސް އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމުން ލޭގެ ކެންސަރު ޖެހިފައި ހުރި ކަމަށް ކަށަވަރުކޮށް، ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ލަފާ ދިނެވެ. މާލޭގައި ވެސް އެއް ދުވަސް ވޭތުކުރުމަށް ފަހު އާސަންދަ ހަމަޖެހުމުން އިންޑިއާގެ ޓްރިވެންޑަރަށް ދަތުރުކުރި ކަމަށް ރާސިހުގެ ބޭބެ ބުންޏެވެ.

ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި މިހާރު ރާސިހު ދަނީ ފަރުވާ ހޯދަމުންނެވެ. ރާސިހުގެ ހާލަތަށް އަދި އެއްވެސް ބަދަލެއް ނާންނަ ކަމަށް އާއިލާ އިން ބުނެ އެވެ. ރާސިހު އަށް އިތުރު ފަރުވާ ހޯދައި ދޭން އާއިލާއިން ބޭނުން ވަނީ އެހީ އެވެ.

އެކައުންޓް ނަމްބަރު: 7730000120695 އިބްރާހިމް ވާފިރު (ރާސިހުގެ ބޭބެ)
އެކައުންޓް ނަމްބަރު: 7730000142098 (ޑޮލަރު އެކައުންޓް) އިބްރާހިމް ވާފިރު (ރާސިހުގެ ބޭބެ)

ނަމްބަރު: 7409890 އިބްރާހިމް ވާފިރު (ރާސިހުގެ ބޭބެ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ހިޔާލު

ޢިސޫ

ﷲ އިރާދުފުޅާއެކު ރާސިހުައަައް ސިފާމިންވަރުކުރައްވާށި. ޢާމީން

ޢިސޫ

ﷲ އިރާދުފުޅާއެކު ރާސިހުައަައް ސިފާމިންވަރުކުރައްވާށި. ޢާމީން