OIC ge badhaluvumah Minister Shahidh Jeddah ah
image
މިނިސްޓަރު ޝާހިދު--
0 ކޮމެންޓް
 

ޖިއްދާގައި އޮންނަ އޯއައިސީ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު ފުރާވަޑައިގެންފި

ދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ.
މިފަހަރު އޯއައިސީގެ ބައްދަލުވުން އޮތީ ސައުދީ އަރަބިއްޔާގެ ޖިއްދާގަ އެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އަންގާރަ ދުވަހު ބާއްވާ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ޖޯޑަން ވާދީ އާއި ޑެޑް ސީގެ އުތުރުން ބޮޑު ބައެއް އިޒްރޭލުގެ ތަނަކަށް ހަދާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވާތީ އެވެ. މި ބައްދަލުވުން އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ މައްސަލާގައި ވަކާލާތު ކުރާނީ އެ ގައުމާއި އެއްކޮޅަށް ކަމަށާއި ރާއްޖެ އޮތީ ފަލަސްތީނާއި އެކުގައި ކަމަށެވެ. މި މައްސަލާގައި މީގެ ކުރިން ރާއްޖެއިން ވަނީ ބަޔާނެއް ވެސް ނެރިފަ އެވެ. އެ ބަޔާނުގައި ފަލަސްތީނުގެ އެއްވެސް ބިމަކަށް ވެރިވެގަތުމަކީ ޖެނީވާ ކޮންވެންޝަނާ ހިލާފު ނިންމުމެއް ކަމަށާއި އަދި އެއީ މެދުއިރުމަތީގެ ސުލަހައަށް ވެސް އެޅިގެންދާނެ ހުރަހެއް ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަވަނަ އަހަރު އުފެދުނު އޯއައިސީގައި 57 މެންބަރު ގައުމު ހިމެނެ އެވެ. އޭގެ ތެރެއިން ބޮޑު މެޖޯރިޓީއެއް ހިއްސާ ކުރަނީ އިސްލާމީ ގައުމުތަކެވެ.
ހިޔާލު