BREAKING: Rilwan massalaiga himeney 2 fuluhun vazeefaa inn vaki kuranee
image
ފުލުހުންތަކެއް--
1 ކޮމެންޓް
 

ރިލްވާން މައްސަލާގައި ހިމެނޭ ދެ ފުލުހުން ވަޒީފާއިން ވަކި ކުރަނީ

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެ ދެ އޮފިސަރުން އަދި ވަޒީފާއިން ކަނޑާ ނުލާ ކަމަށެވެ.

ނަމަވެސް ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އެ ދެ ފުލުހުން ވަޒީފާއިން ވަކި ކުރަން ވަނީ ނިންމާފަ އެވެ. އަދި އެމީހުން ވަކި ކުރަނީ ރިލްވާން މައްސަލައާ ގުޅިގެން ނޫންކަން ވެސް ވަނީ އެނގިފަ އެވެ.

މި ދެ އޮފިސަރުންނަކީ ހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ.

އެމީހުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސަސްޕެންޑު ވެސް ކޮށްފައި ތިބި ދެ ފުލުހުންނެވެ. އެ ދެ ފުލުހުން ސަސްޕެންޑް ކުރީ ޖުލައި 2017 ގައެވެ.

އެކަމަކު އަލުން ވަޒީފާއަށް ނެރިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ނިމެން 10 ދުވަހަށް ވެފައި ވަނިކޮށް، ނޮވެމްބަރު 7 2018 ގައެވެ. އޭރު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހަމްދޫން ރަޝީދެވެ.

އެ ދެ ފުލުހުން ކުރީގެ ސަރުކާރުން ސަސްޕެންޑުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެމީހުން އަލުން ވަޒީފާއަށް ނެރިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މި ދެ ފުލުހުން ހައްޔަރު ކުރުމަށް ބަންޑާރަ ނާއިބު ވެސް ފުލުހުންނަށް ލަފާ ދެއްވި އެވެ. ނަމަވެސް އެ ދެ ފުލުހުން ހައްޔަރު ނުކުރީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.
ރިލްވާން ފުލުހުން
ހިޔާލު

ހަނަފީ

ދެންއަންނަސަރުކާރަކުން ތިމީހުނަށް ބަދަލުދޭންޖެހޭގޮތްވާގޮތަށް ވަކިކުރެވޭނަމަ، ކުރާނެކަމެއްނެތް.