Ayushman ge enme kaamiyaabu film akah Dream Girl
image
އަޔުޝަމަން--
0 ކޮމެންޓް
 

އަޔުޝްމަންގެ އެންމެ ކާމިޔާބު ފިލްމަކަށް ޑްރީމް ގާލް!

ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު އަޔުޝްމަން ކުރާނާ، މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމަކަށް "ޑްރީމް ގާލް" ވެއްޖެ އެވެ.
ނުޝަރަތު ބަރުޗާއާއެކު އަޔުޝްމަން ލީޑު ރޯލުން ފެނިގެންދާ އެފިލްމަކީ ލޯބީގެ އަދި މަޖާ ކަންތައްގަނޑެއް ހިނގާ ފިލްމެކެވެ. ފިލްމު ނެރުނު ދުވަހު އެކަނި ވެސް ފިލްމަށް ވަނީ 10.05 ކްރޯޑް ލިބިގެން ގޮސްފަ އެވެ.

އެއީ އަޔުޝްމަން ފެނިގެންދާ "ބަދާއީ ހޯ" އާއި "ޝުބް މަންގަލް ސާވްދަން" އަދި "އަންދާދުން" ގެ އިތުރުން "ބަރޭލީ ކީ ބަރްފީ" އަށް ވެސް ފިލްމު އެޅުވި ދުވަހު ނުލިބޭ ފަދަ ކާމިޔާބެކެވެ.

ސަޕޯޓަރުންނާ ގާތް ގުޅުމެއް އުފެއްދުމަށް ދާދި ފަހުން އުމުރުން 35 އަހަރުގެ އަޔުޝްމަން ވަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ވެސް އުފައްދާފަ އެވެ.

ގިނަ އެވޯޑުތައް ހާސިލްކޮށްފައިވާ އަޔުޝްމަން މިދިޔަ އަހަރު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައި ވާއިރު އެ ދެ ފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ. އެ ދެ ފިލްމަކީ "އަންދާދުން" އާއި "ބަދާއި ހޯ" އެވެ.
ހިޔާލު