Shanghai dhathureh libey promotion eh Dhiraagu TV customerunnah!
image
ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސް-- ފޮޓޯ: ސީއެންއެމް
މިއުނާ ހަސަން
0 ކޮމެންޓް
 

ދިރާގު ޓީވީ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އާއިލާއާއެކު ޝެންހާއީ ދަތުރެއް!

ދިރާގު ޓީވީ ބޭނުން ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އާއިލާއާއެކު ޝެންހާއީ ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ދިރާގުން ބުނީ، އަލަށް ފެށި ޕްރޮމޯޝަންގައި މިވަގުތު ދިރާގު ޓީވީ ބޭނުން ކުރާ ކަސްޓަމަރުންނާއި، މުޅިން އަލަށް އެ ހިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންނަށް ވެސް އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ.

ދިރާގުން ފެށި މި ޕްރޮމޯޝަންގައި ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް ފަސް ދުވަހުގެ ޝެންހާއީ ދަތުރެއް ހަތަރު ބޭފުޅުންގެ އާއިލާއަކަށް ލިބޭނެ އެވެ.

ދިރާގުން ބުނީ، ޝެންހާއީ ދަތުރުގެ ޓިކެޓާއި، ހުރުމުގެ އިތުރުން، ޑިޒްނީ ލޭންޑަށް ޒިޔާރަތް ކުރުމަށް އެއް ދުވަހުގެ ޕާސް ދިރާގުން ދޭނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ 15 ސެޕްޓެމްބަރުން ފެށިގެން 30 ނޮވެންބަރުގެ ނިޔަލަށެވެ.

ދިރާގު ޓީވީގެ ބޭސިކް ޕެކޭޖްގެ އަގަކީ 300 ރުފިޔާ އެވެ. ދިރާގުން އަންނަނީ މި ޕެކޭޖްގައި ކަސްޓަމަރުން ބޭނުންވާ އިތުރު ޗެނަލްތައް ހިމަނައި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދިރާގުން ފޯރުކޮށްދޭ، ދިރާގު ޓީވީ ސާވިސްއަކީ ރާއްޖޭގައި ޑިޒްނީ ކޮންޓެކްޓް، ވިއާ ޑިޒްނީ ޗެނަލާއި، މާވެލް އެޗްކިއު އަދި ޑިޒްނީ ޖޫނިއާ އާއި ޑިޒްނީ އިންޓަނޭޝަނަލް ހިމެނޭ ހަމައެކަނި ޓީވީ ސާވިސް އެވެ.
ދިރާގު
ހިޔާލު