Noosverikamuge Sharafge Alimas Galan 4 beyfulhakah
image
އެންމެ އުންމީދީ ނުސްވެރިޔަކަށް ހޮވުނު ނަޖާހު އަށް އެވޯޑް ހަވާލުކުރަނީ.-- ފޮޓޯ: ސަން/ފަޔާޒް މޫސާ
0 ކޮމެންޓް
 

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހަތަރު ބޭފުޅަކަށް

ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަށް ބޭފުޅަކަށް މިރޭ ލިބިވަޑައިގެންފި އެވެ.
ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހާސިލު ކުރެއްވި ބޭފުޅުންނަށް އެ އެވޯޑް ހަވާލުކޮށްފައި ވަނީ ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތުގަ އެވެ. އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ހާސިލް ކުރެއްވި ހަތަރު ބޭފުޅުންނަކީ:

- ރައީސް މުހައްމަދު ނަޝީދު
- އިބްރާހިމް އުމަރު މަނިކު
- އަހްމަދު އަބްދުﷲ
- މަޑުލު މުހައްމަދު ވަހީދު

އެ ބޭފުޅުންގެ އިތުރުން ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ނުބަ ބޭފުޅަކަށް ލިބުނެވެ. އަދި ނޫސްވެރިކަމުގެ ރަން ގަލަން 12 ބޭފުޅަކަށް ލިބުނެވެ.

ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިލެއްވި ބޭފުޅުންނަކީ:

- ސިނާން އަލީ
- މުހައްމަދު ޖިނާހް
- އަބްދުﷲ ރަމީޒު
- މުހައްމަދު ޝާތިރު
- މުހައްމަދު ޒާހިރު (މީމުޒަވިޔަނި)
- ހުސައިން މުހައްމަދު
- މުހައްމަދު ޖަވާދު
- މިދުހަތު އާދަމް
- ސައިފް އަޒްހަރު

ނޫސްވެރިކަމުގެ ރަން ގަލަން ލިބިލެއްވި ބޭފުޅުންނަކީ:

- އިބްރާހިމް ޒަކީ
- މުހައްމަދު އަފްޒަލް
- މުހައްމަދު ވަހީދު
- ޝެހެނާޒް އަބްދުއްރަހްމާން
- އަލީ ޔޫސުފް
- މުހައްމަދު ޝާހިދު
- އިބްރާހިމް އަބްދުލް ގަފޫރު
- އަހްމަދު މުހުސިން
- މޫނިސާ އީސާ
- ޖާދުﷲ ސައީދު
- ޝަމްރަތު އަހުމަދު
- ހަފްސީ އަބްދުﷲ

އެ ބޭފުޅުންގެ މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ ނޫސްވެރިންނަށް ވެސް މިރޭގެ ޖަލްސާގައި އިނާމު ދީފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާ އަށް ހޮވިފައިވަނީ ސަންގެ ނަޖާހު މަސްއޫދު އެވެ.

މިދިޔަ އަހަރު އެންމެ މޮޅު ފީޗާ ލިޔުންތެރިޔަކީ (ބްރޯޑްކާސްޓިން ކެޓަގަރީ) ކުރިން ރާއްޖެ ޓީވީގައި އުޅުނު ހުސައިން ހަސަން އެވެ. އަދި އެ ދާއިރާ އިން ޕްރިންޓް/އޮންލައިން ކެޓަގަރީން އެވޯޑް ލިބުނީ މިހާރުގެ މުހައްމަދު ހަމްދޫނަށެެވެ. އޭގެ އިތުރުން ކުޅިވަރުގެ ދާއިރާ އިން ވެސް އެވޯޑް ލިބުނީ ހަމްދޫނަށެވެ.


ފޮޓޯގްރަފީގެ ދާއިރާ އިން (ޕްރިންޓް/އޮންލައިން ކެޓަގަރީ) އެވޯޑް ލިބުނީ މިހާރުގެ ހުސައިން ވަހީދަށެވެ. ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ އިން އެވޯޑް ލިބުނީ އަވަސްގެ މުހައްމަދު އަފްރާހު އަށެވެ. ޝަރުއީ އަދި ގާނޫނީ ދާއިރާ އިން އެވޯޑް ލިބުނީ އަވަސްގެ ނާޒިމް ހަސަން އަށެވެ.

ސިޔާސީ ދާއިރާ އިން (ބްރޯޑްކާސްޓިން ކެޓަގަރީ) އެވޯޑް ލިބުނީ ކުރިން ރާއްޖެ ޓީވީގައި އުޅުނު މުރުޝިދު އަބްދުލްހަކީމް އަށެވެ. އަދި އެ ދާއިރާ އިން ޕްރިންޓް/އޮންލައިން ކެޓަގަރީން އެވޯޑް ލިބުނީ މިހާރުގެ ފަޒީނާ އަހުމަދަށެވެ.

އިޖްތިމާއީ ދާއިރާ އިން (ބްރޯޑްކާސްޓިން ކެޓަގަރީ) އެވޯޑް ލިބުނީ ވީޓީވީގެ އައިމިނަތު އަމީނާ އަށެވެ. އަދި އެ ދާއިރާ އިން ޕްރިންޓް/އޮންލައިން ކެޓަގަރީން އެވޯޑް ލިބުނީ މިހާރުގެ އާސިޔަތު މުހައްމަދު ސައީދަށެވެ.
ހިޔާލު