Intel 2 fuluhun vaki kuran ninmi ninmun isthiunaafa kuranee
image
ފުލުހުންތަކެއް--
0 ކޮމެންޓް
 

އިންޓެލް ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރަނީ

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ހިމެނޭ ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރުމުގެ މުއްދަތު ދީފި އެވެ.
ފުލުހުން ބުނީ އެ ދެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އިއްޔެ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމި ކަމަށެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުންގެ ގަވާއިދު ބުނާ ގޮތުން އިސްތިއުނާފް މަރުހަލާއަށް ހަތް ދުވަސް ދޭން ޖެހޭ ކަމަށާއި، ނިންމުން ތަންފީޒު ކުރެވޭނީ ޕޮލިސް ކޮމިޝަނަރު އެ ނިންމުން އެންޑޯޒް ކުރެއްވުމުން ކަމަށެވެ.

އެހެންކަމުން އެ ދެ ފުލުހުން އަދި ތިބީ ސަސްޕެންޝަނުގަ އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމީ ރިލްވާން މައްސަލާގައެއް ނޫނެވެ.

މި ދެ އޮފިސަރުންނަކީ ހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ.

އެމީހުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސަސްޕެންޑު ވެސް ކޮށްފައި ތިބި ދެ ފުލުހުންނެވެ. އެ ދެ ފުލުހުން ސަސްޕެންޑް ކުރީ ޖުލައި 2017 ގައެވެ.

އެކަމަކު އަލުން ވަޒީފާއަށް ނެރިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރު ނިމެން 10 ދުވަހަށް ވެފައި ވަނިކޮށް، ނޮވެމްބަރު 7 2018 ގައެވެ. އޭރު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހަމްދޫން ރަޝީދެވެ.

މި ދެ ފުލުހުން ހައްޔަރު ކުރުމަށް ބަންޑާރަ ނާއިބު ވެސް ފުލުހުންނަށް ލަފާ ދެއްވި އެވެ. ނަމަވެސް އެ ދެ ފުލުހުން ހައްޔަރު ނުކުރީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.
ރިލްވާން ފުލުހުން
ހިޔާލު