Addu High School gai Hall eh alhan 7 Million ah bayakaai havaalu kohfi
image
އައްޑޫ ހައި ސްކޫލުގައި ހޯލެއް އަޅަން ހަވާލުކުރުމުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
0 ކޮމެންޓް
 

އައްޑޫ ހައި ސްކޫލުގައި ހޯލެއް އަޅަން ހަތް މިލިއަނަށް ބަޔަކާ ހަވާލުކޮށްފި

އައްޑޫ ހައި ސްކޫލުގައި އިމާރާތް ކުރަން ނިންމާފައިވާ މަލްޓިޕާޕަސް ހޯލްގެ ދެ ބުރި އިމާރާތް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު މުހައްމަދެވެ. އަދި މަޝްރޫއު ހަވާލުކުރި، އިނާކޯ ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝަމީމެވެ.

އެ މަސައްކަތް 7.8 މިލިއަނަށް އެކުންފުންޏާ ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ކުންފުނިން ވަނީ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.

އެ ސްކޫލަކީ އޭލެވެލް އަށް 386 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ.
ހިޔާލު