Rilwan massalaige thahugeegah meehaku hoadhanee
image
ރިޔާސީ ކޮމިޝަނުން އާއްމުކުރި ވީޑިއޯގެ ސްކރީންޝޮޓެއް--
0 ކޮމެންޓް
 

ރިލްވާން މައްސަލައިގެ ތަހުގީގަށް ބޭނުންވާ މީހަކު ހޯދަން މަރު ކޮމިޝަނުން އާއްމުންގެ އެހީއަށް އެދިއްޖެ

ނޫސްވެރިޔާ ރިލްވާން އަބްދުﷲ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ބޭނުންވާ މީހަކު ހޯދަން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ރިލްވާނަށް ފާރަލުމުގައި މީހަކު އުޅުނު ވީޑިއޯއެއް އާންމުކޮށްފަ އެވެ.

އެގޮތުން ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ސައިކަލެއްގެ މަތީގައި އެމީހާ އިން މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ.

ކޮމިޝަނުން ވަނީ އެމީހާއަކީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަމުގެ މައުލޫމާތު ކޮމިޝަނަށް ހިއްސާކުރުމަށް އެދިފަ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން މައްސަލާގައި ކޮމިޝަނުން މިހާތަނަށް ކުރި ތަހުގީގުން އެނގިފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާއަށް ފާރަލަމުން ގޮސް، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ކުރިމަތިން ރަހީނުކޮށް، ކާރަކަށް ލައިގެން ގެންގޮސް، ޑިންގީއަކަށް އެރުވުމަށް ފަހު ކަނޑުމަތީގައި އޮތް އެހެން އުޅަނދަކަށް އޭނާ އެރުވުމަށް ފަހު، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށެވެ.
ހިޔާލު