Male ge thohjehun kuda kurumaa behey gothun mashvaraa koffi
image
މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން--
0 ކޮމެންޓް
 

މާލޭގެ ތޮއްޖެހުން ކުޑަ ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކަމާ ބެހޭ މުއައްސަސާތަކާ މިއަދު މަޝްވަރާކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމުގައި މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާ، ބާރުބޮޑުވެ އުޅަނދު ފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.

އަދި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ދުއްވުމާ ހިނގާބިނގާވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަގު ހުރަސް ކުރުމުގައި ކަފިހި ހުރަސް ބޭނުން ކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ކުރިޔަށް ގެންދިޔަ ހާއްސަ ހަރަކާތުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވާކަން ފާހަގަކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ފުލުހުންގެ މުއައްސަސާ އާއި މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާލު