Insaanee vagufaari kuraa 24 kunfunyyehgge massalla balanee
image
ބިދޭސީންތަކެއް--
2 ކޮމެންޓް
 

އިންސާނީ ވަގުފާރި ކުރާ 24 ކުންފުންޏެއްގެ މައްސަލަ ބަލަނީ

އިންސާނީ ވަގުފާރި ކުރާ ކަމަށް ޝައްކު ކުރެވޭ 24 ކުންފުންޏެއްގެ މައްސަލަ ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަ މުހައްމަދު ޝިފާން މިއަދު ވިދާޅުވީ އެ 24 މައްސަލަ ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތަކަކީ އިމިގްރޭޝަނަށް ޝައްކު ކުރެވޭ މައްސަލަތަކެއް ކަމަށް ޝިފާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ކަމަށެވެ.

އިމިގްރޭޝަނަކީ ޖިނާއީ ތަހުގީގު ހިންގާ ބައެއް ނޫން ކަމަށާއި އެތަނަކީ އިދާރީ ފިޔަަވަޅު އަޅާ މުއައްސަސާއެއް ކަމަށް ޝިފާން ފާހަގަކުރެއްވި އެވެ.

"މީގައި މިއުޅެނީ ވިސާ ހެދުމުގައި މަކަރާއި ހީލަތް ހަދާ ފަރާތްތަކާއި އަދި އެ ނޫން ވެސް އެކިއެކި ޖިނާއީ މައްސަލަތައް އެބަ ހިމެނޭ. މި ނޫނަސް އަޅުގަނޑުމެން އިތުރު މައްސަލަތައް ފުލުހުންނާއި ގުޅިގެން ބަލަމުން ދަނީ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން މިފަދައިން ވިދާޅުވެފައި ވާއިރު މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އިމިގްރޭޝަނުން ވަނީ ބޮޑު ދެ އޮޕަރޭޝަނެއް ހިންގާ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅުނު ދެ ބިދޭސީއަކު ޑީޕޯޓު ކޮށްލާފަ އެވެ.
ހިޔާލު

އަހުމަދު ނަސީމް

ތި އޮޕަރޭޝަން ބޮޑެއް ނޫން. އަދި ކާމިޔާބެއް ވެސް ނޫން. އެހެން މި ދަންނަވަނީ ތިޔަ ވިޔަފާރި ހިންގާ މީހުން އެިމިގްރޭޝަން އޮފިސަރުންނަށް ބޮޑެތި އަދަދު ތަކުން ފައިސާ ދޭ. އެހެން ވުމުން ޤަވާއިދާ ޚިލާފަށް މީހުން އެތެރެކުރުން މި އޮންނަނީ އިންތިހާއަށް ބޮޑުވެފައި. ދުވާލަކު އެތައް ސަތޭކަ ބަޔަކު ރާއްޖެ މިހާރުވެސް އެބަ ގެނޭ. މިކަން ހައްލު ކުރަން މިހާރުން މިހާރަށް މީހުން ގެނައުން ހުއްޓާލާ. އަދި މާލޭގައި ޤަވާއިދާ ޚިލާފަށް އުޅޭ މީހުން އިމުގެ ތެރެއަށް ގެންނަށް ބޭރު މީހުން ބޭނުން ވެގެން އުޅޭ މީހުންނަށް ފަސޭހަ ފުރުސަތެއް ދީ. މީހަކު ފިލީމަ ދިވެހިން ބަހައްޓާ ޑިޕޮސިޓް ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި އެކަން ހިނގީ ކިހިނެއްތޯ ބަލާފަ ނޫނީ އެފައިސާ އިން އެމީހުން ފޮނުވަން ނުހަދާ. ބޭއިންސާފެއް އެއީ. ފިލަން ދެވޭ ހިއްވަރެއް އެއީ. އޭގެ ބަދަލުގައި ބޭރުމީހުން އަންނަން ދައްކާ ޑިޕޮސިޓް ފައިސާ އެމީހުންގެ އަމިއްލަޔަށް އެމީހުންގެ އެމްބަސީގެ ބެލުމުގެ ދަށުގައި ބަހައްޓާ ގޮތަށް ހަދާ. އަދި ޤަވާއިދާ ޚިލާފު ވެއްޖެ ނަމަ އެފައިސާއިން އެމީހުން ފޮނުވާލާ ގޮތައް ހަދާ. ގެންނަ މީހާގެ އިހްމާލެއް އޮތްނަމަ އެފަރާތެއްގެ އަތުން އެފައިސާ ހޯދޭނެ ބައިވަރު ގޮތް އެބަހުރި.

މޓ

ޢިމިގްރޭޟަން ކައުންޓަރުން ނުގަވައިދުން އެތެރެކުރޭ 0 ހެކިވެސް ދެވިދާނެ