Cancer ge faruvaa rangalhu kurumah India aa eku ebbasvumehga soikoffi
image
އެއްބަސްވުން ބަދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހެލްތު މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކެންސަރުގެ ފަރުވާ ރަނގަޅު ކުރުމަށް އިންޑިއާގެ ކެންސާ ސެންޓަރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް އިންޑިއާގެ ރީޖަނަލް ކެންސާ ސެންޓަރާއި މިނިސްޓްރީ އޮފް ހެލްތާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެއްބަސްވުން ރަސްމީކޮށް ބަދަލުކޮށްފި އެވެ.
އިންޑިއާގެ ރީޖަނަލް ކެންސާ ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ އަމީން އާއި ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ބައިވެރިވެވަޑައިގެންފައި ވެއެވެ. ރަސްމިއްޔާތުގައި އަމީން ވަނީ އެ އެއްބަސްވުމުގެ މުހިންމުކަން ފާހަގަކުރައްވާ ވާހަކަދައްކަވާފަ އެވެ.

ރީޖަނަލް ކެންސާ ސެންޓަރާި އެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ދެވޭ ކެންސަރު ބަލީގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި އެ ސެންޓަރުގެ އެހީތެރިކަން ލިބިގެންދާނެ އެވެ.

އަދި އެ ދާއިރާއިން މީހުން ބިނާކުރުމަށް ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރެވިގެންދާނެ އެވެ.

އިންޑިއާގެ ރީޖަނަލް ކެންސާ ސެންޓަރަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ، ކެންސަރު ބައްޔަށް ފަރުވާ ދިނުމުގައި ވަރަށް ފުންނާބު އުސް އިންސްޓިޓިއުޓެކެވެ.

އެ ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ކެންސަރު ބަލި ދެނެގަނެ އެންމެ އެކަށޭނަ ފަރުވާ ދިނުމުގެ އިތުރުން އެ ބަލިން ރައްކާތެރިވުމަށް އާންމުން ހޭލުންތެރި ކުރުމާއި ރީހެބިލިޓޭޓް ކުރުން ހިމެނެ އެވެ.
ހިޔާލު