Misrugai thibi kiyavaa kudhinaa Islamic Minister bahdhalu kurahvaifi
image
މިސްރުގައި ތިބި ދަރިވަރުންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވުން--
0 ކޮމެންޓް
 

މިސްރުގައި ތިބި ކިޔަވާ ކުދިންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވައިފި

މިސްރުގައި ކިޔަވަމުން އަންނަ ދިވެހި ކިޔަވާ ކުދިންނާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ވަނީ އެކުދިންނަށް އެގައުމުން ދިމާވާ ދަތިތައް އޮޅުންފިލުއްވާފަ އެވެ. އެ ކުދިންގެ ފަރާތުން ހުށަހަޅާފައި ވަނީ ކޮން ކަހަލަ ދަތިތަކެއް ކަމަށް ސާފެއް ނުވެ އެވެ.

އެކަމަކު އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ދަރިވަރުންގެ ފަރާތުން ހުށަހެޅި ކަންކަން ކަމާ ބެެހޭ އިދާރާތަކަށް ހިއްސާކޮށް ހައްލެއް ހޯއްވައިދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދަރިވަރުންނަށް ދެއްވާފަ އެވެ.

މިނިސްޓަރު މިސްރަށް މިހާރު ކުރައްވަމުން ގެންދަވާ އެ ދަތުރަކީ އިއްޔެއިން މިއަދުގެ ނިޔަލަށް އެގައުމުގެ ގާހިރާގައި ކުރިއަށްދާ 30 ވަނަ "ޖެނަރަލް ކޮންފަރެންސް އޮފް ދަ އިޖިޕްޝަން ސްޕްރީމް ކައުންސިލް ފޯ އިސްލާމިކް އެފެއާޒް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރެކެވެ.
ހިޔާލު