Flat thakuge massala balaa committee inn Tholal isthiufaa dhevvaifi
image
އަހުމަދު ތޮލާލް-- ފޮޓޯ: ޓްވިޓާ
މިއުނާ ހަސަން
1 ކޮމެންޓް
 

ނުހައްގުން ދީފައިވާ ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ތޮލާލް އިސްތިއުފާ ދެއްވައިފި

ނުހައްގުން ދީފައިވާ ފްލެޓްތަކުގެ މައްސަލް ބަލަން ހަދާފައިވާ ކޮމިޓީން އަހުމަދު ތޮލާލް އިސްތިއުފާ ދެއްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ނުހައްގުން ދީފައިވާ ފްލެޓްތަކާއި، ހައުސިން ޕްރޮޖެކްޓް ދޫކޮށްފައިވާ ގޮތް ރިވިއު ކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޓީން އިސްތިއުފާ ދެއްވިކަން ތޮލާލް ވަނީ ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

ތޮލާލް ވިދާޅުވީ، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އިސްތިއުފާ ދެއްވީ، ކޮމިޓީގެ މަސައްކަތްތަކަށް ދޭންޖެހޭ ވަރަށް ވަގުތު ނުދެވޭތީ ކަމަށެވެ. އެގޮތުން ޓްރާންޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ ވަޒީފާ އަދާ ކުރައްވަމުން، ކޮމިޓީއަށް ވަގުތު ދިނުމުގައި ދަތިތަކެއް ހުރި ކަމަށް ތޮލާލް ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ވެސް މީގެ ކުރިން އަދާކުރެއްވި ތޮލާލަކީ، ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލައި، ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހިނގި އިންސާނިއްޔަތާ ހިލާފު ކަންކަމާއި ދެކޮޅަށް އަޑުއުފުއްލެވި ބޭފުޅެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައިސުލްޖުމްހުރިއްޔާ އުފެއްދެވި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި ތޮލާލްގެ އިތުރުން މުޙައްމަދު މުޢިއްޒު އަދުނާން، ޝީރީން ނާހިދާ ލަޠީފު، ފާޠިމަތު ރަޝީދާ އަދި ޢަލީ ޝުހައިލް މުޙައްމަދު ހިމެނެ އެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފައި ވަނީ ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ 22,000 ފޯމް ދިރާސާ ކުރަމުން އަންނަ ކަމަށާއި، ފްލެޓްތައް ދީފައިވާ އުސޫލު ބަލައި ދިރާސާތައް ކުރުމަށް ފަހު ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް އެ ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ.
ހިޔާލު

މުސްތޮފާބެ

ގިނަގިނައިން ޓީވީ ތަކަށް އަރާ ފޮނި ކަނޑަންވީ، އޭރުން އަނެއްކާވެސް އެހެން ވަޒީފާ އެއް ލިބިދާނެ، މިކަހަލަ މީހުން މުޅި ސަރުކާރުގަ ގިނައީ، ކޮންމެ ސަރުކާރެއްވެސް މިކަހަލަ މީހުންނަން ދަރާފަ އޮއްނަނީ ހެންހީވަނީ.