Maldive gas in lui fulheege haassa package thakeh tha'aaraf koffi
image
ޕެކޭޖުތައް ތައާރަފްކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މޯލްޑިވް ގޭހުން ލުއި ފުޅީގެ ހާއްސަ ޕެކޭޖު ތަކެއް ތައާރަފްކޮށްފި

މޯލްޑިވް ގޭހުން ލުއި ފުޅީގެ ހާއްސަ ޕެކޭޖު ތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
އެސްޓީއޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުން ވަނީ ލުއި ފުޅީގެ ދެ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އެއީ "ލުއި ސްޓެންޑާޑް" އަދި "ލުއި ބޭސިކް" މި ދެ ޕެކޭޖެވެ.

އެ ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ މާކެޓިން މެނޭޖާ އާމިނަތު މުހައްމަދު ސައީދު ވިދާޅުވީ މިއީ އެ ކުންފުނީގެ ތާރީހުގައި ބޭއްވޭ ހާއްސަ ހަރަކާތެއް ކަމާއި އެ ޕެކޭޖުތަކަކީ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކަސްޓަމަރުންނަށް ލުއި ފުޅީގެ ޓޯޓަލް ސޮލިއުޝަން އެއް ދިނުމުގެ މަގްސަދުގައި ތައާރަފްކުރި ހާއްސަ ޕެކޭޖުތަކެއް ކަމުގައެވެ. އަދި ޖީބަށް ލުއި ފަސޭހަ ގޮތަކަށް ކަސްޓަމަރުންނަށް ލުއިފުޅި ބައްލަވައިގަނެވޭނެ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ތައާރަފްކުރި ޕެކޭޖްތަކެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

"ލުއި ބޭސިކް" ޕެކޭޖުގައި ހިމެނެނީ ސިލިންޑަރު ރަޖިސްޓްރޭޝަން އާއި 10 ކިލޯގެ ގޭސް ފުޅިއަކާއި ފަސް ފޫޓުގެ ހޮޅިއާއި ދެ ކްލިޕެވެ. ޕެކޭޖުގެ އަގަކީ 1250 އެވެ. 1435 ރުފިޔާ އަށް ލިބޭ "ލުއި ސްޓެންޑާޑް" ޕެކޭޖުގައި "ލުއި ބޭސިކް" ޕެކޭޖުގައި ހިމެނޭ ސާމާނުތަކުގެ އިތުރުން ރެގިއުލޭޓަރެއް ލިބިވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން ޕެކޭޖުތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ގޭސްފުޅި ހިލޭ ގުޅައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.މި ޕެކޭޖުތައް މިއަދުން ފެށިގެން މޯލްޑިވް ގޭހުން ލިބެން ހުންނާނެއެވެ.
ހިޔާލު