Mahaazge ithurun Dhiyana ge nan ves Majleehah hushahelhumah lafaadheefi
image
ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު-- ފޮޓޯ: ވީނިއުސް
2 ކޮމެންޓް
 

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަހާޒުގެ އިތުރުން ދިޔާނާގެ ނަން ވެސް މަޖިލީހަށް ހުށަހަޅަން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި މެދު ލަފަޔަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި، ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އަށް ލަފާ އަރުވައިފި އެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

މަހާޒުގެ ނަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި އިރު، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ދިޔާނާ އާ އެކު ހަ ބޭފުލަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށް ފަހު ޖޭއެސްސީން ނިންމީ މަހާޒުގެ އާއި ދިޔާނާ އަކީ "ހައިލީ ރިކޮމެންޑެޑް" ދެ ބޭފުޅުންގެ ގޮތުގަ އެވެ.

އޭގެ އިތުރުން "ރިކޮމެންޑެޑް" ބޭފުޅުންގެ ގޮތުގައި ޖޭއެސްސީން ފާހަގަ ކުރީ ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް އެ މަގާމަށް ކުރިމަތިލެއްވި ނަމަވެސް އެ ބޭފުޅުންނަކީ "ރިކޮމެންޑެޑް" ބޭފުޅުންގެ ގޮތުގައި ޖޭއެސްސީން ނުބަލަ އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، މަގާމުން ވަކިކުރަން ޖޭއެސްސީން ހުށަހެޅުމުން އެކަން މަޖިލީހުން ފާސްކުރުމުންނެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެ ކޯޓަށް ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު ވެސ ވަނީ ދާދިފަހުން އައްޔަން ކޮށްފަ އެވެ.
ހިޔާލު

މުސްތޮފާބެ

ދިޔާނާ ނޫން ކޮއްމެ ނަމެއްވެސް އޯކޭ. ދިޔާނާ ތިމަގާމު ދީފި ނަމަ އަހަރެން ދެން އެމްޑީޕީ އަކަށް ވޯޓް އެއް ނުދޭނަން. ތީ ދެފުއްކެހެރި ބޮޑު ބާގީ އެއް.

ގަނޑުވަރު

ޖާބިރު ހިންހަމަޖެއްސުމަށާއި ފަނޑިޔާރުގެ ތަޣައްޔަރުކުރުމުގެ ސިޔާސަތުގެ ދަށުން ދިޔާނާއަށް ފަނޑިޔާރުކަން ދޭނެކަމަށް ލަފާކުރެވެނީ ދިޔާނާއަކީ ބަނޑާރަ ނައިބުކަން ކުރިޔަސް ފަނޑިޔާރުކަމުގެ ގޮނޑީގެ އެއްވެސް ތަޖުރިބާއެއް ހުރި މީހެއްނޫން ދުނިޔޭގެ ޤައުމުތަކުގަ އިސްތިއުނާފީ ކޯޓުތަކަށް އައްޔަންކުރަނީ ކިޔަވައިގެންތިބި ފަނޑިޔާރުކަމުގެ ތަޖުރިބާ ލިބިފައިވާ އަބުރުވެރި ތަޖުރިބާކާރު ފަނޑިޔާރުން ރާއްޖޭގަ ފަނޑިޔާރުގެ ތަޣައްޔަރުކުރުމުގެ ސިޔާސަތުގެ ދަށުން ރަނޑު އަންހެނުން އައްޔަންކުރަނީ އެވެސް ޝަރުޢި ދާއިރާ ޚަރާބުކޮށްފަތިބޭ މީހުން ހިތާމަހުރިކަމެއް ރާއްޖޭގެ ޝަރުޢީ ދާއިރާގެ ދުވަސް ދުއްވާލައިފި