Nick ge ufan dhuvas faahaga kuran Priyanka bodu football dhandeh kuhyah nagaifi
image
ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ--
0 ކޮމެންޓް
 

ނިކްގެ އުފަން ދުވަސް ފާހަގަކުރަން ޕްރިޔަންކާ ފުޓްބޯޅަ ދަނޑެއް ކުއްޔަށް ނަގައިފި

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ، އޭނާގެ ފިރިމީހާ ނިކް ޖޯނަސްއަށް 27 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޮޑު ފުޓްބޯޅަ ދަނޑެއް ކުއްޔަށް ނަގައިފި އެވެ.
އިއްޔެ ނިކްއަށް 27 އަހަރުގެ ފުރިފައި ވާއިރު އޭނާއަކީ ކުޅިވަރަށް ނިކަން ލޯބި ކުރާ މީހެކެވެ. އެހެންވެ ޕްރިޔަންކާ ނިންމީ ކުޅިވަރު ކުޅޭ މައިދާނެއްގައި އެ ދުވަސް ފާހަގަކުރާށެވެ. އެ ފުޓްބޯޅަ ދަނޑު އޭނާ ކުއްޔަށް ނެގީ ކިހާ ވަރަކަށް ކަން ސާފެއް ނުވެ އެވެ.

އުފަން ދުވަހުގެ ތަހުނިޔާ އިންސްޓަގްރާމު މެދުވެރިކޮށް ފޮނުވަމުން ޕްރިޔަންކާ ވަނީ ފިރިމީހާއަށް ވަރަށް ތައުރީފު ވެސް ކޮށްފަ އެވެ. އެގޮތުން ނިކްއާއެކު ހޭދަކުރާ ކޮންމެ ދުވަހަކީ އުފާވެރި ދުވަހެއް ކަމަށާއި އެހާ އޯގާތެރި މީހަކާ އަދި ބައްދަލު ނުވާ ކަމަށް ވެސް ބުންޏެވެ.

ދުނިޔެއިން ލިބެން އޮތް ހުރިހާ އުފަލެއް ވެސް އޭނާއަށް ހައްގު ކަމަށް ބުނެ ޕްރިޔަންކާ ވަނީ ނިކް އޭނާއަށް ލިބުނީތީ ޝުކުރު ވެސް ކޮށްފަ އެވެ.

ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތަކެއް ބޭނުންކޮށްގެން ވީޑިއޯކޮޅެއް ވެސް ހަދާ ހިއްސާ ކުރި އެވެ.

View this post on Instagram

❤️

A post shared by Priyanka Chopra Jonas (@priyankachopra) on


ނިކް އާއި ޕްރިޔަންކާގެ އުމުރުގައި ދިހަ އަހަރުގެ ތަފާތެއް ހުރުމުން އެކަމަށް ފާޑުކީ ނަމަވެސް އެމީހުންގެ ފަރުވާލެއް ނެތެވެ. ދެމީހުން އުޅެމުން އަންނަނީ ވަރަށް ލޯބިންނެވެ.
ހިޔާލު