Flat Committee in Muizzu ves Isthiufaa dhehvaifi
image
ފްލެޓް ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފްލެޓު ކޮމެޓީން މުއިއްޒު ވެސް އިސްތިއުފާ ދެއްވައިފި

ކުރީ ސަރުކާރުން ފްލެޓުތައް ދީފައި ވަނީ ހައްގުވެރިނަށްތޯ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ކޮމެޓީގެ ނައިބު ރައީސަކަށް ހުންނެވި މުހައްމަދު މުއިއްޒު އަދުނާނު އެ ކޮމިޓީން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން ހާމަކޮށް މުއިއްޒު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފްލެޓް ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހު އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުރުން ފްލެޓު ކޮމެޓީގެ މެމްބަރުކަމުން އަހްމަދު ތޮލާލް ވެސް ވަނީ މިމަހުގެ ނުވަވަނަ ދުވަހު އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވީ ކޮމެޓީއަށް ވަގުތު ނުދެވުމެވެ.

ތޮލާލަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)ގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު ވެސް މެއެވެ. ތޮލާލް ފްލެޓު ކޮމެޓީން އިސްތިއުފާ ދެއްވުމާއެކު އޭނާގެ ބަދަލުގައި ވަނީ ގާނޫނީ ވަކީލް ތޯހާ މުހައްމަދު އައްޔަން ކުރައްވައިފަ އެވެ.

ގުޅީފަޅު ހައުސިން ޕްރޮޖެކްޓާއި ގެދޮވެރިކުރުމުގެ އިތުރުން ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތަކާ ގުޅިގެން ޝަކުވާ ވަރަށް ބޮޑެވެ. އެހެންވެ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ ކޮމެޓީ އުފެއްދެވީ ފްލެޓުތައް ލިބުނީ އެންމެ އިންސާފުވެރިކޮށް، ހައްގުވެރިންނަށްތޯ ބެލުމަށެވެ.
ހިޔާލު