Fee dhahkaigen park kureveyne zone eh Male ga hamajassaifi
image
ފީ ދައްކައިގެން ޕާކު ކުރެވޭ ގޮތް ހެދި ޒޯނު ތަރައްގީ ކުރުމުގެ ކުރިން-- ފޮޓޯ: މިހާރު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ފީ ދައްކައިގެން ޕާކު ކުރެވޭނެ ޒޯނެއް މާލޭގައި ހަމަޖައްސައިފި

ފީއެއް ދައްކައިގެން އުޅަނދުތަކަށް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް މާލޭގައި ހަމަޖައްސައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކައުންސިލްގެ 74 ވަނަ ރަސްމީ އާއްމު ޖަލްސާގައި އަގުދީގެން ވެހިކަލް ޕާކްކުރުމުގެ އުސޫލެއް ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އުސޫލު މިއަދު އާއްމުކޮށް ގެޒެޓް ކުރެވިފައިވާ ކަމަށާއި ކައުންސިލްގެ ވެބްސައިޓު ގައި ވެސް އުސޫލު ޝާއިއުކޮށްފައި ވާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އުސޫލުގައިވާ ގޮތުން މާލޭގައި އަގު ދީގެން ވެހިކަލް ޕާކް ކުރެވޭނީ މ. ދަންޑަހެލުގެ (ސުޕްރީމް ކޯޓު ކުރިމަތި) ގައި ހަދާފައިވާ ޕާކިން ޒޯންގަ އެވެ. އަގު ދީގެން ޕާކު ކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދަކީ 40 އެވެ.

މަހު ފީ ކަނޑައަޅާފައިވާ ގޮތް

  • - ސައިކަލް 600ރ.

  • - ކާރު، ވޭން، ޕިކަޕު 3،000ރ.

  • - 2000-500 ކިލޯ ގްރާމްގެ ޕިކަޕް 3،500ރ.

  • - 5000-2000 ކިލޯ ގްރާމްގެ ޕިކަޕް 4،000ރ.


  • ކައުންސިލުން ބުނީ ޖާގައަށް ވުރެ އިތުރަށް ފޯމު ލައިފި ނަމަ ޖާގަ ދޭނީ ގުރުއަތުން ކަމަށެވެ. އަދި ޕާކިން ހުއްދަ ފުރަތަމަ ހިލޭ ހެދި ނަމަވެސް، ހުއްދަ ގެއްލިއްޖެ ނަމަ އަލުން ހެދުމަށް 100 ރުފިޔާގެ ފީއެއް ނަގާނެ އެވެ.

    އެ ޒޯނުގައި ޕާކު ކުރުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އަދި ޕާކިން ސްލޮޓްތަކަށް އެދި ހުށަހަޅަން ޖެހޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 09:00 އިން އޮކްޓޯބަރިު އެއް ވަނަ ދުވަހުގެ މެންދުރު 01:00 އާ ހަމައަށް ކައުންސިލްގެ މާފަންނު އޮފީހުންނެވެ.
    ހިޔާލު