Foreign Minister Abdulla Shahid China ah vadaigenfi
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގައި-- ފޮޓޯ: ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު ޗައިނާއަށް ވަޑައިގެންފި އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ މިއީ އެ މަގާމަށް ވަޑައިގެންނެވި ފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރު ކަމަށެވެ.

"ފޮރިން މިނިސްޓަރު ވާންގް އާއެކު ބާއްވާ މަޝްވަރާތަކުގައި ރާއްޖެ-ޗައިނާ ގުޅުން ބަދަހިވެ، ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަމަށް އުއްމީދު ކުރެވޭ،" ޝާހިދު ވިދާޅުވި އެވެ.



މި ދަތުރަކީ ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވާންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މިއީ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ޝާހިދުގެ މި ދަތުރުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގީޝާންގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއިއެކު ދެގައުމުގެ ގުޅުން ބަދަހި ކުރުމާ މެދު މަޝްވަރާ ކުރައްވާނެ އެވެ.

އޭގެ އިތުރުން ވެސް ދެގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށެވެ.

ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ ވަން ޗައިނާ ސިޔާސަތުގައި ހިފަހައްޓައި ޗައިނާގެ އިންގިލާބީ ތަރައްގީގެ މަޝްރޫއު، "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ހިޔާލު