3 rashakah incinerator fonu vanee
image
އިއްޔެ އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ
0 ކޮމެންޓް
 

ތިލަފުށީގައި ހުރި އިންސިނަރޭޓަރުތައް ތިން ރަށަކަށް ފޮނުވަނީ

ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކ. ތިލަފުށީގައި ހުރި ތިން އިންސިނަރޭޓަރެއް ތިން ރަށަކަށް ފޮނުވަން ނިންމައިފި އެވެ.
އެގޮތުން ހަތަރު ޓަނުގެ ތިން އިންސިނަރޭޓަރު ފޮނުވާނީ ވަނީ ހދ. ކުޅުދުއްފުއްޓާއި، ކ. މާފުށި އަދި ފުވައްމުލަކު ސިޓީއަށެވެ. އެކަން ކުރުމަށް އިއްޔެ ވަނީ ދެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކު ސިޓީގައި އިންސިނަރޭޓަރު ބެހެއްޓުމަށް ހަވާލުކޮށްފައި ވަނީ މެކްސްޓާ މޯލްޑިވްސް އާއެވެ. އަދި ކ. މާފުށީގައި އިންސިނަރޭޓަރު ބެހެއްޓުމަށް ހަވާލުކޮށްފައި ވަނީ ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑާ އެވެ.

އިއްޔެ އެންވާރަމަންޓު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަނެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އިންސިނަރޭޓަރުތައް ބެހެއްޓި ނަމަވެސް ކުނީގެ މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މިނިސްޓްރީއިން މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ތިލަފުށީގައި ބަހައްޓާފައިވާ އިންސިނަރޭޓަރު އެ ރަށްތަކަށް ގެންދިޔުމާއެކު އިންސިނަރޭޓަރު ބަހައްޓާ ބެޑް ހެދުމުގެ އިތުރުން އިންސްޓޯލް ކުރާނެ އެވެ.

މިއީ ސަރުކާރުގެ ބަޖެޓުން ޖުމްލަ 6.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ހިޔާލު