Lanka ga aa terrorism gaanooneh thayyaaru kuranee
image
ލަންކާގެ ގާނޫނު ހަދާ މަޖިލިސް-- ފޮޓޯ: ޕާލިމެންޓް އެލްކޭ
0 ކޮމެންޓް
 

ލަންކާގައި އާ ޓެރަރިޒަމް ގާނޫނެއް ތައްޔާރު ކުރަނީ

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސްރީލަންކާގައި ދިން ހަމަލާތަކަށް ފަހު އެގައުމުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އާ ގާނޫނެއް ތައްޔާރު ކުރަމުން އެބަ ދެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އާ އެންޓި ޓެރަރިޒަމް ބިލަށް ލަންކާ ކެބިނެޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ ބިލަށް ބައެއް ބަދަލުތައް ގެނައުމަށް އެގައުމުގެ ފޮރިން މިނިސްޓަރާއި، ޖަސްޓިސް މިނިސްޓަރު އަދި ވެސްޓަން ޑެވެލޮޕްމަންޓް މިނިސްޓަރު ވަނީ ހުށަހަޅުއްވާފަ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ ބިލުގައި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. އެގޮތުން އާއްމު ރައްޔިތުން މެރުމަކީ މިހާރު އަމަލު ކުރަމުން ޕްރިވެންޝަން އޮފް ޓެރަރިޒަމް (ޕީޓީއޭ) ގާނޫނުގައި ހިމެނިފައިވާ ކަމަކަށް ނުވާއިރު، އާ ބިލުގައި އެކަން ހިމަނާފައި ވެއެވެ.

އާ ބިލު ފަރުމާކޮށްފައި ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތް މިސާލަކަށް ބަލައިގެންނެވެ. އެގޮތުން އައިއެސް އަދި އެހެން ޓެރަރިސްޓް ޖަމިއްޔާތަކުން މަސައްކަތް ކުރުމަށް ސައިބަސްޕޭސް ނުވަތަ އިންޓަނެޓުގެ ބޭނުން ހިފާ މައްސަލައާ މެދު އަމަލު ކުރެވޭނެ ގޮތްތައް ހިމަނާފައި ވެއެވެ.

އާ ބިލެއް ހުށަހަޅާފައި މިވަނީ މިހާރު އޮތް ޕީޓީއޭ ގާނޫނުގެ ބަދަލުގައި ކައުންޓަ ޓެރަރިޒަމް ބިލެއް ވެސް ލަންކާގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެ ބިލްގެ ބަދަލުގައި އާ ބިލެއް ހަދަން ޖެހުނީ ކުރިން ހުށަހެޅި ބިލާ މެދު ފާޑުކިޔުންތައް ގިނަކަމުންނެވެ.
ހިޔާލު