Court thakuge hingun harudhanaa kurumah khaahssa Software eh gaaim koffi
image
ޑީޖޭއޭ އަދި ޖޭއެސްސީ ހިންގަމުންދާ އިމާރާތް--
3 ކޮމެންޓް
 

ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަ ސޮފްޓުވެއާއެއް ގާއިމްކޮށްފި

ރާއްޖޭގެ ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް އޮޓޮމޭޓްކޮށް، ޝަރުއީ އަދި އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް އެއް ވިއުގައަކުން ގުޅައިލެވި، ޑޭޓާ މެނޭޖްކޮށް ރައްކާކުރުމަށް ބޭނުންވާ ޑޭޓާ ސެންޓަރެއް ގާއިމުކޮށްފި އެވެ.
މި ސޮފްޓުވެއާއަށް ދީފައިވާ ނަމަކީ މޯލްޑިވްސް އީ-ކޯޓު މެނޭޖްމަންޓް ސިސްޓަމް (މެމްސް) އެވެ.

ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ޝަރުއީ ދާއިރާގެ މަސައްކަތް ހަލުވިކޮށް ހަރުދަނާކަމާއެކު ހިންގުމަށްޓަކައި މަރުކަޒީ ނިޒާމެއްގެ ތެރެއިން އެކަން ބެލެހެއްޓިގެން ދިއުމަކީ މުޅި ނިޒާމުގެ ރައްކާތެރިކަމަށާއި، ނިޒާމުގެ ފުރިހަމަކަމަށާއި، އާންމުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތި ކުރުމަށް ބޭނުންތެރި ކަމެއް ކަމަށެވެ.

އެހެންކަމުން ޝަރުއީ ދާއިރާގެ ވަކިވަކި ކޯޓުތަކާއި އިދާރާތަކުގައި ހޯސްޓް ކުރެވިފައިވާ ކޭސް މެނޭޖްމަންޓް ސިސްޓަމްތަކާއި، މެމްސްގެ އެންމެހައި އެޕްލިކޭޝަންތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ޤާއިމުކޮށްފައިވާ ޝަރުއީ ދާއިރާގެ ޑޭޓާ ސެންޓަރުގެ ސާވާތަކުގައި ހޯސްޓް ކުރުމަށާއި، މެމްސްއާ ގުޅުން ހުރި އެންމެހައި ޑޭޓާ އެ ސާވާތަކުގައި ރައްކާކުރާ ގޮތަށް، ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށް ޑީޖޭއޭއިން ބުނެ އެވެ.

މެމްސް ބޭނުން ކުރުމުގެ އުސޫލުގައި ބުނެފައި ވަނީ ޝަރުއީ ދާއިރާގެ އެންމެހާ ކޯޓުތަކާއި އިދާރާތަކުގެ ކޭސް މެނޭޖު ކުރުމަށާއި ކުށުގެ ރިކޯޑާއި، ވަރި ކައިވެނީގެ ރެކޯޑުތަކާއި ސާބިތު ހަރަދުތަކުގެ ރެކޯޑު ބެލެހެއްޓުމާއި ސާބިތު ދަރަންޏާއި ދުވަސްވީ ޝަރުއީ ލިޔުންތައް ދެމެހެއްޓުމާއި ކޯޓުން ނެރެންޖެހޭ އެންމެހައި އަމުރަތައް ނެރުމާއި ޝަރީއަތާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް އަދި ޝަރީއަތާއި ސީދާ ގުޅުން ނެތް އިދާރީ މަސައްކަތްތައް ވެސް ކުރަން ވާނީ މެމްސްގެ ތެރެއިން ކަމަށެވެ.

އަދި ބުނެފައި ވަނީ ޝަރުއީ ދާއިރާގައި ބޭނުން ކުރާ ރަސްމީ ސޮފްޓުވެއާ އަކީ މެމްސް ކަމަށެވެ. އެހެންކަމުން ޝަރުއީ ދާއިރާގެ އެއްވެސް ކޯޓަކުން ނުވަތަ އިދާރާއަކުން ބަޖެޓުން ހަރަދުކޮށްގެން އިތުރު ސޮފްޓުވެއާ އެއް ޑިވެލޮޕް ކޮށްގެން ނުވާނެ ކަމަށެވެ. 

ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ޑީޖޭއޭއިން ކުރަމުން އަންނައިރު ދާދި ފަހުން ގާނޫނަށް ގެނައި އިސްލާހަކުން ޑީޖޭއޭ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ގޮސްފަ އެވެ. މީގެ ކުރިން ޑީޖޭއޭ ހިންގަމުން ދިޔައީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީޖޭއޭއިން ބުނެފައި ވަނީ މިހާރު ހިނގަމުން ދަނީ ޓްރާންސިޝަން ޕީރިއަޑު ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ހަދަން ޖެހޭ ގަވާއިދުތަކާއި އެއްޗެހި ހެދުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ.
ޝަރުއީ ދާއިރާ
ހިޔާލު

މަކާރިމް

މި ސޮފްޓް ވެއަރ އަކީ ޖަމީލުގެ މިނިސްޓަރު ކަމުގައި ހަދާފައިވާ ސޮފްޓްވެއަރއެއް. މިއަށް ދިވެހި 10 މިލިއަން ރުފިޔާ ވަނީ ކަރަދު ކުރެވިފައި. އޭސީސީން ވަނީ މި މައްސަލާގަ ހިމނެނޭ ކޮރަޕްޝަން ވަރަށް ފުނަށް ބަލާފަ. އެކަމަކު ކޮންމެވެސް ސަބަބަކާ ލާގެން އެ މައްސަލަ އަދިވެސް ވަނީ ނިންމާ ނުލެވިފަ. މި ސޮފްޓްވެއަރ ގައި އެންމެ އިސްކޮށް މަސައްކަތް ކޮށްފައިވާ ބޭފުޅަކީ ޑރ. ސިޔާމް. މިއިޮކީ މިއަދު ހަދައިގެން އުޅޭ އެއްޗެއް ނޫން. ހުރިހައި ކްރެޑިޓެއް ދޭނަމަ އެކަމުގެ ހައްގު ވެރި ފަރާތަކީ ޑރ. މުހައްމަދު ޖަމީލު އަޙްމަދު

ސސ

ތިތަން މިހާރު ބޮޑަށް ވައްތަރީ ޖަސްޓިސް މިނިސްޓުރީ ޢައި ނުންތޯ ؟

ޙަސަނު

ތިޔަ ސޮފްޓެވެއަރ ތީ މާކުރިންވެސް ހަދާފައިވާ އެއްޗެއް.