Imaaraathakun vetti bidheysee aku maru vejje
image
އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކު ކުރަނީ--
1 ކޮމެންޓް
 

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި ބަންގްލަދޭޝް މީހަކު މަރުވެއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިމާރާތަކުން ފަންގިފިލާއިން މިއަދު މެންދުރު ވެއްޓުނު ބަންގްލަދޭޝް މީހަކު މަރުވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އުމުރުން 37 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އެމީހާގެ ބޯ ފަޅައިގެން ގޮސް، ނޭފަތުން ލޭ އައިސްފައި ހުއްޓެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިމާރާތަކުން އެމީހާ ވެއްޓިފައި ވަނީ މިއަދު މެންދުރު 12:00 ހާއިރު އެވެ. ފުލުހުން ބުނީ އެމީހާ ވެއްޓުނީ ހަދަމުން ދިޔަ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ކަމަށެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 11:50 ހާއިރު އެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހަދަމުންދާ އިމާރާތްތަކުން ދޭތެރެ ދޭތެރެއިން މީހުން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. އާއްމު ގޮތެއްގައި އެގޮތަށް ދިމާވަނީ ސަލާމަތީ ފިޔަވަޅުތައް ނާޅާ މަސައްކަތް ކުރާތީ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ، ބަންގްލަދޭޝްގެ ކުޑަ ކުއްޖަކު މަރުވި ހާދިސާއަށް ފަހު، މާލެ ސިޓީ ކައުންސިލުން ވަނީ ގިނަ ކޮންސްޓްރަކްޝަން ސައިޓުތަކެއް ބަލާފަ އެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ ސަލާމަތީ ފިޔަވަޅު ނެތި މަސައްކަތް ކުރާ ތަންތަން މިހާރު މަދުވެފައިވާ ކަމަށެވެ. މިހާތަނަށް އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކުރި އެފަދަ ތަނަކަށް އައިސްފައި ވަނީ ފަސްލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.

އެއީ ހުޅުމާލޭގެ ލޮޓް 10799 ގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވެއްޓުނު ގަލަކުން ޖެހި މިދިޔަ ފެބްރުއަރީ މަހު ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން އެތަން އިމާރާތް ކުރަމުންދިޔަ އައިއެންއެންއެފް ކޮންސްޓްރަކްޝަނެވެ.
ހިޔާލު

ކޮލެޖު ބޯއި

ޕްލޭނިން މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ ސަލާމަތީ ފިޔަވަޅު ނެތި މަސައްކަތް ކުރާ ތަންތަން މިހާރު މަދުވެފައިވާ ކަމަށެވެ.
މިހެން ބުނެލީމަ، ނޫހެއްގައި ޖެހީމަ އެ ނިމުނީދޯ؟ ހަގީގަތަކީ ތަންތަން މަދުކަމަށް ބުންޏަސް، އެކްސިޑެންޓްވުން މަދުވެފައި ނުވޭ. އިމާރާތްތަކުން އެއްޗެހި ވެއްޓި ލިބޭ އަނިޔާ މަދެއް ނުވޭ.