Hand foot and Mouth bali jeheni keehve?
image
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ހޭންޑް ފުޓް އެންޑް މައުތު ބަލި ޖެހެނީ ކީއްވެ؟

ހޭންޑް ފޫޓް އެންޑް މައުތް ބައްޔަކީ ވައިރަހަން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް އެ ބަލި އެންމެ ފަސޭހައިން ޖެހެނީ ކުޑަކުދިންނަށެވެ. އާއްމުކޮށް ޕްރީ ސްކޫލް، ކުޑަކުދިން ކުޅޭ ޕާކް ފަދަ ގިނައިން ކުދިން ޖަމާވާ ތަންތަނުގައި މި ބަލި ފެތުރުން އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެ ބަލި ފެތުރޭ ބައެއް ސަބަބުތަކުގެ ތެރޭގައި އެ ބަލި ޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި ފޮޅުން ނިކުންނަ ދިޔަ ޖެހުމާއި ކެއްސާ ކިނބިހި އަޅާ އިރު ވައިގެ ތެރެއަށް ދޫވާ ޖަރާސީމު ހިމެނޭ އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުމާއި ކާހިތް ނުވުމާއި ކަރުތެރެ ފާރުވުމުގެ އިތުރުން އަތް ތިލަ އަދި ފައިތިލާގައި ރަތް ކުލައިގެ ބިހި ތަކެއް ނެގުމަށް ފަހު ފެންފޮޅަކަށް ބަދަލުވުން އަދި ވަރު ދެރަވުން ހިމެނެ އެވެ.

އެޗްޕީއޭ އިން ބުނީ އެބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިނެއް ނުވަތަ ހަތް ދުވަސް ތެރޭގައި އަލާމަތްތައް ފެންނަން ފަށާނެ ކަމަށާއި އެހެންކަމުން ވައިރަސް ހަށިގަނޑަށް ވާސިލްވުމަށް ފަހު އަލާމާތައް ފެނުމުގެ ކުރިން ވެސް އެމީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެ ބައްޔަށް ވަކި ހާއްސަ ފަރުވާ އެއް ނެތް ކަމުގައި ވީނަމަވެސް، ހުމަށާއި އަނގަ ތެރެ އާއި ގައިގައި ނަގާ ފޮޅުތަކުގެ ސަބަބުން ވާ ތަދު މަޑުކުރުމަށް ޕެނަޑޯލް ބޭނުން ކުރެވިދާނެ އެވެ.

އޭގެ އިތުރުން ވީހާވެސް ގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި ޔޯގަޓް، އައިސްކްރީމް އަދި ކަސްޓަޑް ފަދަ ހަފަން ނުޖެހޭ އަދި ފިނި ކާނާ ބޭނުން ކުރުން އަދި ގިނައިން އަރާމު ކުރުމުން ވެސް މި ބައްޔަށް ފަރުވާ ލިބޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ހިޔާލު