Raees Yaameen 2 atholhakah vadaigannavanee
image
ރައީސް ޔާމީން--
0 ކޮމެންޓް
 

ކައުންސިލް އިންތިހާބަށް ތާއީދު ހޯދުމަށް ރައީސް ޔާމީން މ. އަދި ފ. އަތޮޅަށް ވަޑައިގަންނަވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް ތާއީދު ހޯދުމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މ. އަތޮޅާއި ފ. އަތޮޅަށް ދަތުރު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕްރޮގްރެސިވް ކޮންގްރެސްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރަސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މޮންދު) ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީއަށް ތާއީދު އިތުރު ކުރުމުގެ ގޮތުން ރައީސް ޔާމީން އަތޮޅު ތެރެއަށް އިތުރު ދަތުރުތަކެއް ކުރައްވާނެ ކަމަށެވެ.

މިއަދު ދެ އަތޮޅަކަށް ކުރައްވާ އެ ދަތުރުފުޅުގައި ނުވަ ރަށަކަށް ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދާދި ފަހުން ރައީސް ޔާމީން ވަނީ އދ. އަތޮޅުގެ ތިން ރަަށަކަށް ވެސް ވަޑައިގެންފަ އެވެ. މިއީ ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެމަނިކުފާނު ކުރައްވާ ދެވަނަ ދަތުރެވެ.
ހިޔާލު