Thilauthuru Uhthama Aruthaveringe inaamu ah hushahelhumuge muhdhathu ithuru koffii
image
މީގެ ކުރިން "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް" ހަތފްލާގެ ތެރެއިން---ފޮޓޯ:އިހަވަންދޫ.ޑޮޓްކޮމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅު ކައުންސިލުންދޭ އިނާމު "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019" އަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިއަހަރު އެއިނާމު ދިނުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ނޮވެންބަރުވާ ހޮނިހިރު ދުވަހުގެ ރެއެވެ. އެ އިނާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހއ. އަތޮޅުގެ އާންމު ފަރާތްތަކަށާއި، ހއ. އަތޮޅުގެ ހުރިހާ ސްކޫލު، މަދްރަސާތަކަށާއި، ރަށު ކައުންސިލުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އަދި ކުލަބް ޖަމްއިއްޔާތަކަށް ހުޅުވާލެވިފައިވާ ކަމަށް ހއ. އަތޮޅު ކައުންސިލް އިދާރާއިން ވަނީ ބުނެފަ އެވެ.

އެ އިނާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިމަހު 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރައްވައި އެ އިދާރާއަށް ނަން ހުށަހެޅުއްވުން ހއ. އަތޮޅު ކައުންސިލް އިދާރާއިން ވަނީ ބުނެފަ އެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ ހއ. އަތޮޅު ކައުންސިލުން، އެކި ދާއިރާތަކުން ފާހަގަކުރެވޭ ފަދަ އަގުހުރި ހިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭ ފަދަ އަގުހުރި ހިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކަށް އަގުވަޒަން ކުރުމަށް ހާއްސަކޮށް ދޭ އިނާމެކެވެ.

އޭގެ އިތުރުން ހއ.އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަހުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، 2017 އަދި 2018 ވަނަ އަހަރު އަތޮޅަށް އެންމެ ހިދުމަތްތެރި ރިސޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް، ކްލަބު ޖަމުއިއްޔާތަކަށް ވެސް އެ އެވޯޑު ދިނުމަށް ވަނީ ނިންމާފަ އެވެ.

"ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު 2019" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

* ޝަރަފުވެރިކަމުގެ އިނާމު
* ހިތްވަރުދިނުމުގެ އިނާމު
* ކައުންސިލުންދޭ ހާއްސަ އިނާމު
* މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ހާއްސަ އިނާމު
* ހާއްސަ ހިދުމަތުގެ އިނާމު
* ހިންގުންތެރިކަމުގެ އިނާމު
އެވޯޑު ހއ އަތޮޅު
ހިޔާލު