Amihlla faraai thakun elhi Flat thah nuviki, Bank gai faisaa eh nei!
image
އަމިއްލަ ފަރާތަކުން މާލޭގައި އަޅާފައިވާ ރެހެންދި ނަމަކަށް ކިޔާ ފްލެޓެއް ---
1 ކޮމެންޓް
 

އަމިއްލަ ފަރާތްތަކުން އެޅި ފްލެޓުތައް ނުވިކި، ބޭންކުގައި ފައިސާއެއް ނެތް!

އަމިއްލަ މީހުން އެޅި 7000 އަށް ވުރެ ގިނަ ފްލެޓު ނުވިކި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އަމިއްލަ ފަރާތްތަކުން އަޅާފައިވާ ފްލެޓުތައް އާއްމުންނަށް ގަނެވެގްނ އޮތީ ބޭންކުތަކުން ލޯނު ދީގެން ކަމަށެވެ.

ރައީސް ވިދާޅުވީ އަމިއްލަ ފަރާތްތަކުން އަޅާ ފްލެޓުތައް އަދިވެސް އަޅަމުން އަންނައިރު އެ ފްލެޓުތަކުގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ ފްލެޓުތަކަކީ ސަރުކާރުވެސް ހިއްސާވެގެން އަޅަމުންދާ ފްލެޓުތަކަކަށްވީ ނަމަވެސް އެއިން ފްލެޓެއްގެ އަގު އެޅެނީ އާއްމު ރައްޔިތަކަށް އެއްފަހަރާ ދައްކާ ހަލާސް ކުރެވޭ ވަރަށްވުރެ ބޮޑުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ އަގު [ފްލެޓެއް] މިއުޅެނީ 2.2 އާއި 3.2 މިލިއަން ރުފިޔާ އަށް. މާކެޓުގައި، ބޭންކުތަކުގައި މިވަރަށް ފައިސާ ހުރިތޯ ނޫންތޯ އެއީ އުފެދޭ ސުވާލެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅިވީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް ގައި ކުރިއަށް އޮތް ތިން އަހަރަށް އެލޮކޭޓު ކޮށްފައި ހުރީ ހަތަރު ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން ހައުސިން ޔުނިޓުތައް ގަތުމަށް 12 ބިލިއަން މަދުވާ ކަމަށް ރައީސް ވިދާޅުވިއެވެ

"އަޅުގަނޑުމެންގެ ތެރޭގައި ކޮންމެ މީހަކީ މިއަގު ދީފައި ހައުސިން ޔުނިޓެއް ގަނެވޭނެ މީހެއް ނޫން. 1000 އަށްވުރެ މަދުވާނެ އެފައިސާ ހުރި މީހުން. 7000 ޔުނިޓް ވިއްކަން އެބަ ޖެހޭ. ބޭންކުގަ އެހާ ފައިސާއެއް ވެސް ނެތް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ބަލަނީ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތަކަށް ބޯހިޔާވަހިކަން ލިބުން ކަމަށާއި މިސަރުކާރުން މަސައްކަތް ކުރާނީ އެއަމާޒަށް ވާސިލު ވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ހިޔާލު

ޗާބޫ

ތިއިން ފްލެޓެއްގެ އަގު 1 މިލިއަން ދިވެހި ރުފިޔާ އަސްވެސް ނާރާނެ...ފްލެޓް ވިއްކަން އުޅޭ އަގު މާބޮޑީ