Bodu alifaan: Anhenaku maruve, gina bayaku vaguthee hiyaagai!
image
ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ބޮޑު އަލިފާން: އަންހެނަކު މަރުވެ، ގިނަބަޔަކު ވަގުތީ ހިޔާގައި!

ލައިވް ކަވަރޭޖް
10:42
21/09/2019
ޑިޒާސްޓާ މެނޭޖްމަންޓް: 443 މީހަކު ހާލުގައި ޖެހުނު، 13 އާއިލާއެއްގެ 87 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސާފައި
10:42
21/09/2019
50 އަށް މީހުންނަށް އޭޑީކޭގައި އަދި އިތުރު އެކަކަށް ސެނަހިޔާގައި ފަރުވާދިން، ހާލު ސީރިއަސް އެއް ނޫން
10:41
21/09/2019
މާރިޔާ ވިދާޅުވީ 83 މީހަކަށް ބޯހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށާއި، 400 އަށް ވުރެ ގިނަ މީހުންނަށް އެހީ ބޭނުންވާ ކަމަށް
10:41
21/09/2019
ހުއްދަ ދޫކޮށްފައިވާ ތަކެތީގެ އިތުރުން ވެސް ނުރައްކާތެރި ކެމިކަލް ގުދަންތަކުގައި ހުންނަ ކަމަށް މާރިޔާ ވިދާޅުވި
10:39
21/09/2019
މާރިޔާ ވިދާޅުވީ މި ސަރުކާރުން ގުދަންތައް ޗެކު ކުރި ކަމަށާއި، ރަނގަޅު ކުރަން ޖެހޭ ކަންކަން އެންގި ކަމަށް
10:39
21/09/2019
މާރިޔާ ވިދާޅުވީ އަލިފާން ރޯވެފައިވާ ތިން ގެއަކަށް ވަދެ، މީހުން ސަލާމަތް ކުރި ކަމަށް
10:38
21/09/2019
މިއަދު ހެނދުނު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ޕްރެސް ކޮންފެރެންސެއް ކުރިއަށް ގޮސްފައި
10:37
21/09/2019
ރޭ ކުރިއަށް ދިޔަ ވަޒީރުންގެ މަޖިލީހުން ނިންމީ މާލޭގައި ނުރައްކާތެރި އެއްޗެހި ރައްކާ ކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރުމުގެ ޕްްލޭން ވީހާ އަވަހަކަށް ނިންމަން
03:46
21/09/2019
ހެންވޭރުގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އެއްކޮށް ކޮންޓްރޯލް ކޮށްފި.
03:14
21/09/2019
ޝައުނާގެ ކަށު ނަމާދު ބާއްވާނީ، މާދަމާ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި. އަދި މިރޭ އޭނާގެ ހަށިގަނޑު ގަލޮޅު މޯޖަރީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި.
02:38

21/09/2019
މާލޭގައި މިރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ވަޒީރުން މަޖިލީހުގެ ކުއްލި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް
02:36

21/09/2019
މިރޭ މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ބޭއްވި ވަޒީރުން މަޖިލީހުގެ ކުއްލި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް
02:21
21/09/2019
ހާލުގައި ޖެހުނު މީހުންނަށް މާލީގޮތުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްގެންދެވުމަށް ނިންމައިފި.
02:19

21/09/2019
އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ކޮށްގެން ގެންގޮސްފައި ތިބި ބައެއް މީހުން، އޭގެތެރޭގައި، ފުލުހުންވެސް ހިމެނޭ.
02:08
21/09/2019
އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރު ދެމީހަކު ދާދި ދެންމެ އަކު އައިޖީއެމްއެޗްއަށް ގެންގޮސްފި.

އަލިފާނުގެ ހާދިސާއާ ގުޅިގެން އޭޑީކޭ އަދި އައިޖީއެމްއެޗް އޮތީ އެލާޓަށް ގެނެސްފައި. މިރޭގެ ހާދިސާއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ދެ ހޮސްޕިޓަލަށް ގެންގޮސްފައި.
02:04

21/09/2019
އަލިފާން ރޯވިއިރު އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއް: އެމްއެންޑީއެފްއިން ބުނީ ސައިކަލުތަކެއް ޕާކުކޮށްފައި ހުރުމުން އަލިފާން ނިއްވާ ވެހިކަލްތަކަށް ގޯލިތެރެއަށް ނުވަދެވި ހުރަސްތަކެއް ކުރިމަތިވި ކަމަށް -- ފޮޓޯ / އަވަސް އޮންލައިން
02:01

21/09/2019
މިއަދު މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތެރެއިން -- ފޮޓޯ / އަވަސް އޮންލައިން
01:59
21/09/2019
މިރޭ މާލޭގައި މި ހިނގާދިޔަ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރީ، ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެގެން: އެމްއެންޑީއެފް

ހ. ފެހިއާބާދުގޭގައި ރޯވި ކަމަށް ކުރިން ބުނެވިފައި ވަނީ އަލިފާން ރޯވެގެން ރިޕޯޓުކުރި ފޯނު ކޯލު ކުރި ފަރާތުން އެ އެޑްރެސް ދިނުމުން: އެމްއެންޑީއެފް
01:55
21/09/2019
މިރޭ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ ހަށިގަނޑު އާސަހަރާ އަށް ގެންގޮސްފި.
01:53
21/09/2019
މިރޭ މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން މުލީއާގޭގައި ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުން ނިންމާލައިފި. މި ބައްދަލުވުން 1ގަޑިއިރާއި 40 މިނެޓަށް ވަނީ ކުރިއަށް ގެންގޮސްފައި. އަދި އެއްވެސް ވަރަކަށް މި ބައްދަލުވުމުގައި ނިންމި ނިންމުމެއް އެނގިފައެއް ނުވޭ. ވަޒީރުންތައް މިހާރު ވަނީ މުލީއާގެއިން ނިކުމެވަޑައިގެންފައި. މި ބައްދަލުވުވުމުގައި މިވަގުތު މާލޭގައި ތިއްބެވި ހުރިހާ ވަޒީރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައި.
01:19
21/09/2019
އިތުރު މީހަކު މަދުވާ ކަމަކަށް ރިޕޯޓު ކޮށްފައެއް ނެތް. އިމާރާތްތަކަށް އަރާ ބަލަންވެސް ބަލައިފި: އެމްއެންޑީއެފް
01:18
21/09/2019
ވަގުތީ ހިޔާގައި މިހާތަނަށް 300 އެއްހާ މީހުން ރަޖިސްޓްރީ ކޮށްފައިވޭ.
01:16
21/09/2019
ސައިކަލުތަކެއް ޕާކުކޮށްފައި ހުރުމުން އަލިފާން ނިއްވާ ވެހިކަލްތަކަށް ގޯލިތެރެއަށް ނުވަދެވި ހުރަސްތަކެއް ކުރިމަތިވި: އެމްއެންޑީއެފް
01:15
21/09/2019
ހަތަރު ކެމިކަލް ގުދަނާއި ހަ ގެއަކަށް އަލިފާނުގެ އަސަރުކުރި.
01:04
21/09/2019
ޝައުނާގެ ހަށިގަނޑު ނެރެގެން އެމްބިއުލަންސްއަށް އަރުވައިފި. އޭނާގެ ހަށިގަނޑު ވަނީ ވަރަށްގަދަ އަށް ފިހިފައި. އެކަމުގެ ސަބަބުން ކާކުކަން ވަކި ކުރަންވެސް ދަތިވި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައި.
00:41

21/09/2019
ފުލުހުންނާއި ސިފައިން، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނީ: މިހާރު އަލިފާން ރޯވެފައި ވަނީ ރޯވި ގުދަނުގެ ފަހަތުގައި ހުރި އިމާރާތުގައި އެކަނި، އަލިފާނުގެ ބޮޑު ބައެއް މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި -- ފޮޓޯ / ޕޮލިސް
00:34
21/09/2019
ޝައުނާގެ ހަށިގަނޑު ނެރުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުން، އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނދާފަ
00:13

21/09/2019
ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ -- މި އަންހެން މީހާ މަރުވެފައި އޮއްވާ މިހާރު ވަނީ ފެނިފައި:
00:09
21/09/2019
ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ މަރުވެފައި އޮއްވާ ފެނިއްޖެ.
00:06
21/09/2019
ކުޑައިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްއިން ނޫސްވެރިންނާއި ބައްދަލުކުރާނެ.
00:05

21/09/2019
މީގެކުރިން ބޭއްވި ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް
00:03
21/09/2019
މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކެބިނެޓުގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި.
00:01
21/09/2019
އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފި.
23:55

20/09/2019
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތް ކުރައްވާ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ބޭފުޅުންނާއި ބައްދަލު ކުރައްވަނީ -- ރައީސް ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާތައް މަދު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމަށް : ފޮޓޯ / ރައީސް އޮފީސް
23:54
20/09/2019
މިރޭ ހިނގި ފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނަން - ރައީސުލްޖުމްހޫރިއްޔާ
23:53
20/09/2019
އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން ހެންވޭރުގެ ބައެއް ގެތަކުން ކަރަންޓު ކަނޑާލައިފި.
23:12
20/09/2019
ރައީސް ނަޝީދު ވިދާޅުވީ އެންމެހާ ފަރާތްތަކުން ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށް. އަދި މިވަގުތު ކަމާބެހޭ މުއައްސަސާތަކުން އާއްމުންގެ ފަރާތުން ބޭނުންވާ އަމަލީ އެހީތެރިކަން ފޯރު ކޮށްދިނުމަށްވެސް ވަނީ އިލްތިމާސް ކުރައްވާފައި.
23:04
20/09/2019
ރައީސް ނަޝީދުވެސް އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް ހަމްދަރުދީ ފޮނުއްވައިފި.
22:40
20/09/2019
މާލޭ ސަރަހައްދުގައި ހުރި ކެމިލަކް ގުދަންތައް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް އަވަސް ފިޔަވަޅު ތަކެއް އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
22:39
20/09/2019
އަލިފާން ހިފާފައިވާ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ވަންީ ވަޑައިގެންފަ
22:34
20/09/2019
22:31
20/09/2019
އަންހެނެއްގެ ހަބަރެއް ނުވެގެން އާއިލާއިން އަންނީ އޭނާ ހޯދަމުން.. ސިފައިން އަންނަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރަމުން
22:30
20/09/2019
އަލިފާން ހިފާފައި ހުރި ގެއަކުން ހަތަރު މީހުން ސަލާމަތް ކޮށްފި.. ނަމަވެސް އެއީ ކޮންބައެއްކަން އަދި ސާފެއް ނުވޭ
22:27
20/09/2019
21:18
20/09/2019
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ހުރިހާ އުޅަނދެއް ނެގުމަށް ފުލުހުން އަންގައިފި
21:07
20/09/2019
އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދުމުން ސަލާމަތްވުމަށް ބޭރަށް ނުކުންނައިރު މާސްކް އެޅުމަށް ދިވެހި ރެޑްކުރެސެންޓުން އިލްތިމާސް ކޮށްފި.
20:58
20/09/2019
އަލިފާންގަނޑު ރޯވެފައިވާ ސަރަހައްދަށް މިހާރު ޑެފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ވަޑައިގެންފައި.
20:54
20/09/2019
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ހަމްދަރުދީގެ މެސެޖެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓްވިޓާ މެދުވެރިކޮށް ފޮނުއްވާފައި.
20:47
20/09/2019
އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ކުރިން ބުނި ނަމަވެސް ދެންމެ އެމްއެންޑީއެފްއިން ބުނީ އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށް.
20:44
20/09/2019
އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗް ވެސް އޮތީ ތައްޔާރީ ހާލަތެއްގައި ކަމަށް އެތަނުން ވަނީ ބުނެފައި. ނަމަވެސް އަދި އެއްވެސް މީހަކު ޒަހަމްވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައެއް ނުވޭ.
20:37
20/09/2019
އެއާޕޯޓް ފަޔާ ލޮރީ އަލިފާން ރޯވި ހިސާބަށް ގެނެސްފި. އަލިފާން ރޯވެފައިވާ ސަރަހައްދަށް އާންމުން އެއްވެ ނުހެދުމަށް ސަލާމަތީ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައި.
20:26
20/09/2019
ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް އެމަޖެންސީ ސެންޓަރު ކަލާފާނު ސްކޫލުގައި ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރުން ގާއިމްކޮށްފި.
20:23
20/09/2019
އެމްއެންޑީއެފްއިން ބުނީ އަލިފާން ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް.
20:20
20/09/2019
ރޯވެފައިވާ ހ. ފެހި އާބާދުގޭގޭގެ ފަހަތުގައި ހުރި ގޭގެގައި އަލިފާން ހިފައިފި.
20:20
20/09/2019
20:19
20/09/2019
20:18
20/09/2019
އެގޮތުން ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި ތިބި ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ކޮށްފައިވޭ
20:17
20/09/2019
ރޯވެފައި ވަނީ ކަޅުހުރާ ގޭގައި ހުރި ގުދަނެއްގައި، އެތަނުން އެހެން ގެތަކަށް އަލިފާންގަނޑު ފެތުރުނު އިރު، ގުދަން ކުރިމަތީގައި ހުރި ގެތަކުގައި ވެސް ވަނީ ރޯވެފައި
20:16
20/09/2019
20:15
20/09/2019
އެއްވެސް މީހަކަ ފިހުނު ކަމުގެ މައުލޫމަތެއް އަދި ލިބިފައި ނެތް.
20:14
20/09/2019
ރެޑް ކްރެސެންޓުގެ ވެހިކަލްތައް ވެސް ދަނީ އެމެޖެންސީ އެހީތެރިކަން ދިނުމަށް ހަރަކާތްތެރިވަމުން.
20:14
20/09/2019
އެތަނަކީ ފިނިކުރި ތަކެތި ރައްކާކޮށްފައި ހުންނަ ގުދަނެއް
20:13
20/09/2019
20:13
20/09/2019
ގުދަން ކައިރީގައި ހުރި ފަސް ގެއަކަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށް ބެލެވޭ، އަލިފާން ކަނިތައް ދަނީ ސޯސަން މަގަށް ވެސް ބުރަމުން
20:12
20/09/2019
އޭޑީކޭ ހޮސްޕިޓަލު ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށް ވޭ
20:11
20/09/2019
އަލިފާނުގެ ހާދިސާގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލް ކުއްލި ހާލަތަށް ގެނެސްފި
20:10
20/09/2019
ކުޑަ ކުއްޖަކަށް ދުމުގެ އަސަރު ކޮށްގެން މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުން
20:10
20/09/2019
ދުމުގެ އަސަރުކޮސްގެން ބައެއް ކުޑަކުދިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި.
20:08
20/09/2019
20:07
20/09/2019
20:06
20/09/2019
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރޯވެފައި ވަނީ ކެމިކަލް ގުދަނެއްގައި، އެކަމަކު އެމްއެންޑީއެފުން އެކަން ކަށަވަރުކޮށްދީފައެއް ނުވޭ
20:06
20/09/2019
20:03
20/09/2019
އަލިފާން ރޯވެފައިވާ ސަރަހައްދުން މީހުން ފޮނުވާލުމަށް އެމްއެންޑީއެފާއި ފުލުހުން ދަނީ މަސައްކަތް ކުރަމުން
20:02
20/09/2019
އަދިވެސް ގުދަނުގެ ތެރެއިން އެއްޗެހި ތަކެއް ގޮވަމުން ދާ އަޑު އިވެމުންދާ ކަމަށް މައުލޫމާތު ލިބޭ
19:59
20/09/2019
19:59
20/09/2019
19:59
20/09/2019
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން
19:58
20/09/2019
މިހާރު އެ ސަރަހައްދުގެ މަގުތައް ވަނީ ބަންދުކޮށްފައި
19:58
20/09/2019
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެމްއެންޑީއެފް ފަޔާ ވެހިކަލަށް އެ ސަރަހައްދަށް ދެވުނީ އަލިފާން ރޯވިތާ 15 ވަރަކަށް މިނެޓު ފަހުން
19:57
20/09/2019
މައުލޫމާތު ލިބޭ ގޮތުގައި ރޯވެފައި ވަނީ ކަޅުހުރާ މަގުގައި ހުރި ބައެއް ގެތަކުގައި
19:51

20/09/2019
އަލިފާން ރޯވެ އަނދަމުން ދަނީ-- ފޮޓޯ: އެމްއެންޑީއެފް
19:51
20/09/2019
އެ ސަރަހައްދުގައި އޮތް ޕިކަޕެއްގައި ވެސް ހުޅުހިފައި ރޯވަމުން ދަނީ
19:51
20/09/2019
ގެތަކުން މީހުންވަނީ ނެރިފައި
19:50
20/09/2019
ރިޕޯޓުތައް ބުނާ ގޮތުން އަލިފާންގަނޑު އަދިވެސް ކޮންޓްރޯލެއް ނުވޭ، އެތަނުން އެއްޗެހި ގޮވާ އަޑާއި ބިއްލޫރިތައް ތަޅައިގެން ދަމުންދާ އަޑު އިވެމުންދޭ
19:50
20/09/2019
އެގޭގައި ރޯވި އަލިފާންގަނޑު ކައިރީގައިވާ ތިން ގެޔެކަށް ވަނީ ފެތުރިފައި
19:49
20/09/2019
އެމްއެންޑީއެފުން ދެން ބުނީ ރޯވެފައި ވަނީ ހ. ފެހިއާބާދުގޭގައި
19:46
20/09/2019
ދުމުގެ އަސަރު ކުރުމުގެ ސަބަބުން ބައެއް މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި. އޭގެތެރޭގައި ބައެއް ކުޑަކުދިންވެސް ހިމެނެ.
19:45
20/09/2019
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ރޯވެފައިވަނީ މާލޭގެ ކަޅުހުރާ މަގުގައި ހުރި ގުދަނެއްގައި
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެމްއެންޑީއެފް ފަޔާ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހިޔާލު