Loabiveriyaa ah kaiveni hushahalhanikoh genbigen maruvejje
image
ގެނބިގެން މަރުވި ސްޓީވަން ވެބާ--
0 ކޮމެންޓް
 

ލޯބިވެރިޔާއަށް ކައިވެނި ހުށަހަޅަނިކޮށް ގެނބިގެން މަރުވެއްޖެ

އެފްރިކާގެ ގައުމެއް ކަމަށްވާ ޓެންޒޭނިއާއަށް ޗުއްޓީ ގޮސް އުޅުމުގެ ތެރޭގައި ކަނޑު އަޑީގައި ލޯބިވެރިޔާއަށް ކައިވެނި ހުށަހަޅަން އުޅެނިކޮށް ފިރިހެން މީހަކު ގެނބިގެން މަރުވެއްޖެ އެވެ.
ކަނޑުއަޑީގައި ލޯބިވެރިޔާއަށް ކައިވެނި ހުށަހަޅަން އުޅެނިކޮށް ގެނބިފައި ވަނީ އެމެރިކާގެ ފިރިހެނެކެވެ. ސްޓީވެން ވެބާ އަދި އޭނާގެ ލޯބިވެރިޔާ ކެނީޝާ އެންޓޮއިން ޗުއްޓީ ހޭދަކުރަމުން ދިޔައީ ޕެމްބާ އައިލެންޑުގެ މަންޓާ ރިސޯޓުގަ އެވެ.

ވީޑިއޯއަކުން ފެންނަ ގޮތުގައި ވެބާ ވަނީ ކަނޑު އަޑީގައި ފީނާފަ އެވެ. އެމީހުން ތިބީ އެއްބައި އަޑިއަށް ގޮސްފައިވާ ކެބިން އެއްގަ އެވެ. އެތަނުގެ އަޑީގައިވާ ކުޑަ ދޮރެއްގައި "އަހަރެންނާ ކައިވެނި ކުރާނަންތަ؟" ޖަހާފައިވާ ކަރުދާސްކޮޅެއް ހިއްޕަން ވެބާ ވަނީ މަސައްކަތްކޮށްފަ އެވެ.

އެވަގުތު އޭނާގެ ލޯބިވެރިޔާ އެންޓޮއިން ދަނީ އެތެރެއިން އެ މަންޒަރު ވީޑިއޯ ކުރަމުންނެވެ. ފޭސްބުކްގައި ފަހުން ކުރި ޕޯސްޓެއްގައި އެންޓޮއިން ވަނީ ވެބާ ގެނބިގެން މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.

މަންޓާ ރިސޯޓުން ބުނީ ވެބާ މަރުވެފައި ވަނީ އޭނާ ހުރި ކެބިންގެ ބޭރުގައި ފްރީޑައިވް ކުރަނިކޮށް ކަމަށެވެ. ވެބާ އާއި އެންޓޮއިން ވަނީ އެތަނުގައި ހަތަރު ރޭ ތިބުމަށް ބުކްކޮށްގަ އެވެ.

އެ ކެބިން އަކީ ކަނޑުގެ 250 މީޓަރު އަޑީގައިވާ ތަނެކެވެ. އެތަނުގެ އަގަކީ ރެއަކަށް 1700 އެމެރިކާ ޑޮލަރެވެ.
އެމެރިކާ
ހިޔާލު