Midhiya haftha gai Male gai 59 accident hingi
image
މާލޭގައި އެކްސިޑެންޓެއް ހިނގާފައި-- ފޮޓޯ: ވީނިއުސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިދިޔަ ހަފްތާގައި މާލޭގައި 59 އެކްސިޑެންޓް ހިނގި

މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުގައި 59 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 14 ވަނަ ދުވަހުން 20 ވަނަ ދުވަހާ ހަމައަށް މާލޭގައި 59 އެކްސިޑެންޓް ހިނގި އިރު، އޭގެ ތެރެއިން 18 އެކްސިޑެންޓުގައި މީހުންނަށް އަނިޔާވި އެވެ.

އޭގެ އިތުރުން 18 އަހަރު ނުފުރޭ ކުދިން ވެހިކަލް ދުއްވި ދެ މައްސަލަ އެއް ރިޕޯޓުކޮށްފައި ވާއިރު އުޅަނދު ދުއްވަމުން ފޯނުގައި ހުރި 37 މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މާލެ އެކްސިޑެންޓް
ހިޔާލު