BML ge community fund in naifaru schoolge goathi there hiyaakohdheefi
image
ބީއެމްއެލް އިން ނައިފަރު ސްކޫލް ގޯތިތެރެ ހިޔާކޮށްދީފައި-- ފޮޓޯ: ބީއެމްއެލް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ނައިފަރު ސްކޫލް ގޯތި ތެރެ ހިޔާ ކޮށްދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ޅ. ނައިފަރު ސްކޫލު ގޯތި ތެރޭގައި ހިޔާ ކޮށްފައިވާ ސަރަހައްދެއް ގާއިމްކޮށްފި އެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ.

އަދި ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވެއެވެ.

"ކޮމިއުނިޓީ ފަންޑަކީ ވަރަށް ގިނަ ފަރާތަކެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިން ޕްރޮޖެކްޓެއް. މިއާއެކު ވަރަށް ގިނަ ބައެއްގެ ތަރުހީބު ވެސް ލިބެމުން އަންނަ ޕްރޮޖެކްޓެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ބޭނުންވާ މިފަދަ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުން،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

ނައިފަރު ޕްރޮޕޯސަލް ކާމިޔާބު ކުރި ނައިފަރު ޖުވެނައިލްގެ ފަރާތުން ވިދާޅުވީ މިއީ ލިބުނު ވަރަށް ފުރިހަމަ ހަދިޔާއެއް ކަމަށެވެ.

"ޕްރޮޖެކްޓް ގެ ސަބަބުން މިރަށުގެ ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް ލިބިގެން މި ދިޔައީ ވަރަށް ވެސް ފުރިހަމަ ހަދިޔާއެއް. ގަދަ ހޫނުގައި މިހާރު ބެލެނިވެރިން މަޑުކުރަން ޖެހޭ ކަމަށް ނިމުމެއް އައުމީ އަޅުގަނޑުމެން ދެކެމުން އައި ހުވަފެނެއް،" ޖުވެނައިލްގެ ފަރާތުން ބުންޏެވެ.

ދެހާސް އަށާރަވަނަ އަހަރު ތައާރަފް ކުރި "އަހަރެންގެ ބޭންކް" ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
ބީއެމްއެލް
ހިޔާލު