Amaazakee China fathuruverin million akah ithuru kurun: Shahid
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު--
1 ކޮމެންޓް
 

އަމާޒަކީ ޗައިނާ ފަތުރުވެރިން މިލިއަނަކަށް އިތުރު ކުރުން: ޝާހިދު

ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު އަންނަން ވާ އިރަށް ޗައިނާއިން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އަހަރަކު އެއް މިލިއަނަށް އިތުރު ކުރުމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވި ފަހު ޝާހިދު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރަށް ފަހު ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ދެގައުމުން ވެސް ބޭނުން ވަނީ ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށް، ފަތުރުވެރިން އިތުރު ކުރަން ކަމަށެވެ.

"އަމާޒަކީ 2023 ވަނަ އަހަރު އަންނަން ވާ އިރަށް ޗައިނާއިން އަހަރަކު މަދުވެގެން އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް އައުން،" ޝާހިދު ވިދާޅުވި އެވެ.

އެކަން ކުރުމަށްޓަކައި ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރެވޭ ސީދާ ދަތުރުތައް އިތުރު ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން ބެއިޖިންގައި އޮކްޓޯބަރު 1 ގައި ހުޅުވާ އެއާޕޯޓަށް ރާއްޖޭގެ ފްލައިޓެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ދެއްވާނެ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޗައިނާއަށް ދަތުރު ކުރާ ދިވެހިންގެ ވިސާގެ ކަންކަން ލުއިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށްފައި ވާއިރު، ޝާހިދު ވިދާޅުވީ އެކަމުގެ ދިރާސާތައް ނިމިފައިވާ ކަމަށެވެ.

"އުއްމީދު ކުރަނީ ޗައިނާއަށް ދަތުރު ކުރުމުގައި ވީހާ ވެސް އަވަހަކަށް ދިވެހިންނަށް ވިސާގެ ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށް،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ޝާހިދު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރު ނިންމަވާލެއްވީ އިއްޔެ އެވެ. މިހާރު ވެސް ޗައިނާއަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ ބޮޑު މާކެޓެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޗައިނާއިން 76،568 މީހުން ޗައިނާއިން ރާއްޖެ އައެވެ. އެއީ މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ 15.9 އިންސައްތަ އެވެ.
ހިޔާލު

ޟައިނީ

އުނބަށް ޖަހަނީ