China inn Raajje ah 434 million Rufiyaa ge hiley ehee dhenee
image
ރާއްޖެ އާއި ޗައިނާއާ ދެމެދުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާ--
1 ކޮމެންޓް
 

ޗައިނާއިން ރާއްޖެއަށް 434 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގައި އެގައުމުން ރާއްޖެއަށް 434 މިލިއަން ރުފިޔާ (28 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް އެއްބަސްވެއްޖެ އެވެ.
ޗައިނާ ދަތުރަށް ފަހު ދެއްވި އިންޓަވިއު އެއްގައި ޝާހިދު ވިދާޅުވީ ފަންނީ އަދި އިގްތިސޯދީ ދާއިރާއާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދިނުމަށް އަދަދެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން އެއްބަސްވި އަދަދަކީ 200 މިލިއަން ޗައިނީޒް ޔުއާން އެވެ. އެއީ 434 މިލިއަން ރުފިޔާ ނުވަތަ 28 މިލިއަން ޑޮލަރެވެ. އެ ފައިސާ ދިނުމަށް ހަމަޖެހުނީ ހިލޭ އެހީގެ ގޮތުގަ އެވެ.

ދެވަނައަށް ސޮއިކުރި ކުޅިވަރުގެ ދާއިރާއިން އެކުވެރިކަން ބަދަހި ކުރުމުގެ އެއްބަސްވުމުގެ ދަށުން ތަމްރީނާއި، ކޯޗިން އަދި އިންފްރާސްޓްރަކްޗާ ބިނާ ކުރުމުގައި ޗައިނާއިން ރާއްޖެއަށް އެހީވެދޭނެ އެވެ.

"މި އެމްއޯޔޫ ވެގެން ދާނީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް މަގފަހިވެގެން ދާ އެމްއޯޔޫ އެއް ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

އެއާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ ސްޓޭޑިއަމެއް އެޅުމަށް ދިރާސާ ހެދުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ.

ތިންވަނަ އެއްބަސްވުމެއްގެ ގޮތުން ސޮއިކޮށްފައި ވަނީ ދެގައުމުގެ ސްޓޭޓް މިނިސްޓަރުންގެ ފެންވަރު ރަސްމީ މަޝްވަރާ ބައްދަލުވުމެއް އަހަރަކު އެއް ފަހަރު ބޭއްވުމަށެވެ.

މިދިޔަ ހަފްތާގައި ޝާހިދު ޗައިނާއަށް ފެއްޓެވި ރަސްމީ ދަތުރު ނިންމަވާލެއްވީ އިއްޔެ އެވެ. މިހާރު ވެސް ޗައިނާއަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެންމެ ބޮޑު މާކެޓެވެ.
ހިޔާލު

މޫސަ

ސާހިދު އަކީ ދުރުވިސްނޭ އިކްމީ ގާބިލް ބޭފުޅެއް